އައިޑީ ކާޑުގެ ފަރުމާ ކޮށްދޭނެ ބަޔަކު ނުވި ؛ އަނެއްކާ ހުޅުވާލައިފި

އަލަށް ޑިޒައިން ކުރާ އައިޑީ ކާޑު ވާން ޖެހެނީ ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާ ޔަގީންކަން އޮންނަ، ޒަމާނީ ފީޗާތަކާއެކު ތައާރަފު ކުރާ ސްމާޓް އައިޑީ ކާޑަކަށެވެ.

އައިޑީކާޑުތަކެއް: ކާޑުގެ ޑިޒައިން ބަދަލުކުރަން އަނެއްކާ ވަނީ އިއުލާނު ކޮށްފައި -- މި

އެންމެ ފުރިހަމަ ފަރުމާއަކަށް ދެ ލައްކަ ރުފިޔާ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މުޅިން އާ ޑިޒައިނަކަށް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އަނެއްކާ ވެސް އިއުލާނެއް ކޮށްފި އެވެ.

ޑީއެންއާރް އިން އަންނަނީ މި އަހަރުގެ ޖޫން މަހުން ފެށިގެން އެކި ފަހަރު މަތިން އިއުލާނުތައް ކުރަމުންނެވެ. އެ އޮފީހުން ބުނެފައި ވަނީ އެންމެ ފަހުން ކުރި އިއުލާނަށް ވެސް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށެވެ.

އެންމެ ފުރިހަމަ ޑިޒައިނެއް ހުށަހަޅާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ވެސް ހުށަހަޅާފައި ވެއެވެ.

ޑީއެންއާރް އިން ބުނެފައި ވަނީ އަލަށް ޑިޒައިން ކުރާ އައިޑީ ކާޑު ވާން ޖެހޭނީ ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާ ޔަގީންކަން އޮންނަ، ޒަމާނީ ފީޗާތަކާއެކު ތައާރަފު ކުރާ ސްމާޓް އައިޑީ ކާޑަކަށް ކަމަށެވެ.

އާ ކާޑުގެ ޑިޒައިންގައި ހުންނަންވާނެ ސިފަތައް

  • 1.ކާޑުގެ ފަރުމާގައި ބޭނުން ކުރަން ހޮވާ މައުލޫއު
  • 2.ކުރެހުންތަކުގައި ބޭނުން ކުރާނެ ތަކެތި
  • 3.އެތަކެތި ގެނެސްދޭން ބޭނުން ކުރާ ކުލަތަކުގެ ތަފްސީލު
  • 4.އައިޑީ ކާޑުގެ ހޮލޮގްރާމްގެ ކުރެހުން
  • 5.ސިފަތައް ހިޔާރުކުރި ސަބަބުތަކާއި، އެބައިތައް ގުޅިލާމެހޭ ގޮތް
  • 6.އިތުރު ކަންކަން ހިމެނި ދާނެ

ޑީއެންއާރް އިން އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރަން ނިންމާފައި ވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަން މިދިޔަ ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވުމާއި ގުޅިގެންނެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ އައިޑީ ކާޑުގެ ޑިޒައިނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ގައި ފަރުމާ ކޮށްފައިވާ ޑިޒައިނެކެވެ.

ޑީއެންއާރަށް ޑިރެކްޓަރު ޖެނެރަލެއް ވެސް ހޯދާ

ޑީއެންއާރް ހިންގަން ޑިރެކްޓަރު ޖެނެރަލަކު ވެސް ހޯދަ އެވެ. އެ އިއުލާން ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވެ އެވެ. އެ މަގާމަށް ބޭފުޅަކު ހޯދާއިރު އެ ޑިޕާޓްމަންޓް ހިންގަން ދިގު ޒަމާންތަކެއް ވަންދެން ހުންނެވި ފަރީދާ ޔޫސުފު ރިޓަޔާ ކުރެއްވިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވެއެވެ.

އެ މަގާމުގައި ހުންނަވާ ބޭފުޅަކީ ޒިންމާދާރު ވެރިޔާގެ ގޮތުގައި ޑީއެންއާރްގެ ހުރިހާ ކަމެއް އިސްވެ ހިންގާ ބަލަހައްޓާ ފަރާތެވެ. ފަރީދާ، ޑީއެންއާރުން ރިޓަޔާ ކުރެއްވި ފަހުން ޑީއެންއާރުގެ މަސައްކަތްތަކާ ބެހޭ ގޮތުން އާންމު މީހުންގެ ޝަކުވާތައް ވަރަށް ގިނަ އެވެ.

ކޮމެންޓް

1
450
އަބްދުﷲ
1 year ago

ނޫސްވެރިންވެސް ކަންކަން ހޯދާ ބަލަން ޖެހޭ އެބަ. މިކަމަށް ހުޅުވާލައިން ފުރަތަމަ 16 މީހުން ކުރިމަތިލި. އެއަށް ޖަޖް ކުރަން ފަށާ ތިންމަސް ފަހުން އިއުލާން ބާތިލް ކޮށް އެމީހުން ބޭނުން ޑްރާމާއެއް ކުޅެ މީހުންގެ ވަގުތު ބޭކާރުކޮށް އިންސާފުވެރިކަން ގެއްލުނީމާ ފަސް ފަހަރު އަލުލް އިއުލާން ކުރިޔަސް ދެން ބަޔަކު ކުރިމަތި ނުލާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.