އުތުރުގެ ނިއުކްލިއަ ވޯހެޑް އުފުލޭ މިސައިލާއެކު އެމެރިކާއަށް ސިހުން

އުތުރު ވަރުއަރާފައި ވަނީ ކެމްބޯޑިއާގައި ދެކުނުގެ ރައީސް ޔޫން ސުކް ޔެއޯލް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝިޑާ ބައްދަލު ކުރައްވާ ތިން ގައުމުގެ އަސްކަރީ އެއްބާރުލުން އިތުރު ކުރުމަށް އެއްބަސް ވުމުންނެވެ.

އުތުރުގެ އެންމެ ފަހުގެ ޓެސްޓްގެ މަންޒަރުތައް ދެކުނުގެ ކޮރެއާގެ ޓީވީން ދައްކަނީ: އެންމެ ފަހުގެ ލޯންޗަކީ އެމެރިކާގެ ނިއުކްލިއާ ހަމަލާއެއް ދެވޭވަރުގެ މިސައިލް ޓެސްޓެއް -- ބީބީސީ

އުތުރުގެ އަސްކަރީ ގާބިލުކަން ވަނީ ފުޅާކޮށްފައި

އދ. އާއި އެއްވެސް ގައުމެއްގެ ވެސް ބަސް ގަބޫލު ކުރުމެއް ނުގެންގުޅޭ އުތުރު ކޮރެއާއިން އިންޓަކޮންޓިނެޓަލް ބެލިސްޓިކް މިސައިލެއް އުދުއްސާލައި އެމެރިކާ އާއި ޖަޕާނާއި ދެކުނު ކޮރެއާއަށް ސިހުން ގެނުވައފި އެވެ. މި މިސައިލުގެ އަމާޒަކަށް އުތުރުން ހެދީ ޖަޕާނުގެ ހޮކައިޑީގެ ގާތްގަނޑަކަށް 210 ކިލޯމީޓަރު ދުރުން މާކަނޑެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ހޮކައިޑޯގެ ހުޅަނގަށް އަމާޒުކޮށް ލޯންޗު ކުރި ބެލިސްޓިކް މިސައިލަކީ އެމެރިކާގެ ބިމުގެ ކޮންމެ ތަނަކަށް ހަމަލާ ދެވޭ ވަރުގެ ގާބިލުކަން ލިބޭ އަދި ފެންވަރުގައި ފުރިހަމަ ކޮށްފައިވާ ޒަމާނީ މިސައިލެކެވެ. ޖަޕާނުގެ އެ ސްޓޭޓްމެންޓާއެކު އެމެރިކާއަށް ވަނީ ސިހުމެއް ލިބިފަ އެވެ. އަދި އެމީހުން އުތުރަށް އަމާޒުކޮށް ކުރާ އެއް ވެސް ދުއްތުރާލަކުން އުތުރުގެ އަސްކަރީ ގާބިލުކަން ދަށަށް ގޮސްފައި ނުވާތީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.

އެމެރިކާއިން ވަނީ އުތުރުގެ މި ޓެސްޓް އުދުއްސުން ވަރަށް ބޮޑަށް ކުށްވެރި ވެސް ކޮށްފަ އެވެ. އަނެއްކޮޅުން މި ޓެސްޓާއެކު ދެކުނު ކޮރެއާއިން ގޮވާލަމުން ދަނީ އުތުރު ކޮރެއާއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް ވަގުތުން އަޅާށެވެ.

އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓް ކުރިތާ ގަޑިއެއްހާއިރު ފަހުން އެމެރިކާ އާއި ބައިވެރިންގެ އިންޒާރުތަކާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރައްވާނެ ކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނޫ ވައުދުވެ ވަޑައިގެންފަ އެވެ. މައިގަނޑު ނުކުތާއަކީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ޕްރެޒެންސް ބާއްވައި އިތުރު ކުރަމުން ގެންދާނަމަ އިހުނަށްވުރެ މާ ވަރުގަދަ އާލާތްތައް ބޭނުންކޮށް ރައްދުތައް ދޭނެ ކަމަށެވެ.

އުތުރު ކޮރެއާ އެހައި ވަރުއަރާފައި ވަނީ ކެމްބޯޑިއާގައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝިޑާ ބައްދަލު ކުރައްވާ ތިން ގައުމުގެ އަސްކަރީ އެއްބާރުލުން އިތުރު ކުރުމަށް އެއްބަސްވި ހިސާބުންނެވެ.

އިއްުޔެ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ވިދާޅުވީ އުތުރުގެ ބާރު ގަދަ މިސައިލް ޓެސްޓްގެ މައުލޫމާތު ރައީސް ބައިޑެންއަށް އަރުވާފައިވާ ކަމަށާއި އެކަމާ ގުޅިގެން އެމެރިކާއިން ޕާޓްނަރުންނާ މަޝްވަރާ ކުރާނެ ކަމަށެވެ.

އުތުރުގެ ނިއުކްލިއަ ވޯހެޑް އުފުލޭ ބެލިސްޓިކް މިސައިލް

ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އުތުރު ކޮރެއާއިން ވަނީ 50 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފަ އެވެ. މިފަހަރު މި ހެދި ދުރު ރާސްތާ މިސައިލް ލޯންޗަކީ އެމެރިކާއަށް ނުރައްކާތެރިކަން ބޮޑު އަމަލަކަށް ވާއިރު އެ މިސައިލްތައް ފަރުމާ ކޮށްފައި ވަނީ އެމެރިކާގެ ކޮންމެ ތަނަކަށް ވެސް ނިއުކްލިއާ ވޯހެޑް ފޮނުވާލެވޭނެ ފެންވަރުގަ އެވެ. އެކަން ޔަގީން ކުރަނީ ވެސް އެމެރިކާއި އާއި ބައިވެރިންނެވެ.

ޓެސްޓް ކުރި އިންޓަކޮންޓިނެންޝަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އަކީ ވަރަށް އުސް ޓްރެޖެކްޓަރީއެއްގައި 6،100 ކިލޯމީޓަރުގެ އުސް މިނަކަށް ވާސިލްވެ، 1،000 ކިލޯމީޓަރަށް ދަތުރުކޮށް، މެކް 22 ގެ ސްޕީޑަށް ދާ އާލާތެއް ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެ އެވެ. އޭގެ މާނައަކީ މިސައިލް ބަޑިޖަހާނަމަ ވެސް އެއަށްވުރެ ދުރުމިނެއްގައި ހުރަސްކޮށް އުދުހެވުމެވެ.

އުތުރުގެ ހަވާސޮންގް-17: ބޮޑު ބިރަކަށް ވެދާނެ

ފާއިތުވި މަސްތަކުގައި އުތުރު ކޮރެއާގެ އުސޫލަކީ ކޮރެއާ ޕެނިންސުލާ ވަށައިގެން ހިންގާ އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ރައްދުދީ މިސައިލް ފޮނުވަމުން ދިއުމެވެ. މިދިއަ އޮކްޓޯބަރު މަހު ވެސް އުތުރު ކޮރެއާއިން ވަނީ ޖަޕާނުގެ މަތީ ބެލިސްޓިކް މިސައިލެއް ފޮނުވާލާފަ އެވެ. އެއީ މިދިއަ ފަސް އަހަރު ތެރޭގައި އެކަން ކުރި ފުރަތަމަ ފަހަރެވެ.

އުތުރުން މިހާރު ދަނީ ދުރު ރާސްތާގެ އާ ވައްތަރެއްގެ މިސައިލެއް ކަމަށްވާ ހަވާސޮންގް-17 އުފައްދަމުންނެވެ. އެއީ މީގެ ކުރިން ކާމިޔާބު ކަމާއެކު ޓެސްޓް ކޮށްފައިވާ އައިސީބީއެމްތަކަށް ވުރެ ބޮޑު އަދި ބާރު ގަދަ މިސައިލެކެވެ. ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި އެއީ ނިއުކްލިއަ އެތައް ވޯހެޑެއް އުފުލޭނެ އާލާތަކަށް ވެދާނެ ކަމަށާއި އެއިބް ދިފާއުވާން އުނދަގޫ ވާނެ ކަމަކަށާއި އެކަން ބޮޑު އިންގިލާބީ ބަދަލަކަށް ވެދާނެ ކަމަށެވެ.

ޕިއޮންގްޔަންގް އިން 2006 އާއި 2017 އާ ދެމެދު ވަނީ ނިއުކްލިއާ ހަތް ޓެސްޓެއް ހަދާފަ އެވެ. ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި އެ ފުރުސަތުގެ ބޭނުން ހިފައިގެން ކޮމްޕެކްޓް ނިއުކްލިއާ ޑިވައިސްއެއް ޓެސްޓް ކުރެވިދާނެ އެވެ. އަދި ކުރު ރާސްތާ މިސައިލްތަކާއި އާންމު އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުން ދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.