ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދެއް ނުކުރާނަން: ނަޝީދު

ކުރިން އޮތް ގޮތުން އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އޮތީ އޯގަސްޓު މަހު އެވެ. އަދި ފަހުން މިދިއަ އޮކްޓޫބަރު މަހު ފަކޮޅު ބާއްވަން ވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް މިހާރު ބުނަނީ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު ޕްރައިމަރީއަށް ގޮވާލާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު: ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ދެވެން ނެތް ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި އެވެ.

އެމްޑީޕީގެ މެންބަރުން ތިއްބެވި ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ "މިފަހަރު ރައީސް ސޯލިހަށް ތާއީދު ކުރެވެން ނެތް" ކަމަށެވެ.

އޭގެ ކުރީން ހަމަ އެ ގްރޫޕްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އޭނާ ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށާއި ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.

ރައީސް ސޯލިހަށް ތާއީދު ކޮށް ދެއްވެން ނެތް ކަމަށާއި އަދި އެކުގައި ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ކުރިން ވެސް ވަނީ ރައީސް ނަޝީދު އެތައް ތަނެއްގައި ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ޝައުގުވެރިކަން ފާޅު ކުރައްވާ، އެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އިތުރަށް ރައީސް ސޯލިހު ވަނީ އެމްޑީޕީއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންނަމަ އެމަނިކުފާނަކީ ޕާޓީގެ ހަމަ އެކަނި ޗޮއިސް ކަމަށް ވިދާޅުވެ މިހާރު ވެސް އޮތް ކޯލިޝަނާއެކު އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެފަދަ މޭރުމަކުން ވާކަފުޅު ދައްކަވާފަ އެވެ.

ކުރިން އޮތް ގޮތުން އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އޮތީ އޯގަސްޓު މަހު އެވެ. އަދި ފަހުން މިދިއަ އޮކްޓޫބަރު މަހު ފަކޮޅު ބާއްވަން ވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް މިހާރު ބުނަނީ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު ރިޔާސީ ޕްރައިމަރީއަށް ގޮވާލާނެ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެ ފެކްޝަން އުފެދި ބޮޑެތި މައްސަލަތައް އުފެދިފައިވާއިރު އިދިކޮޅު ޕީޕީއެމުން ވަނީ ރިޔާސީ ޕްރައިމަރީއެއް ނުބާއްވާ އެ ޕާޓީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އަރުވާފަ އެވެ. އެކަން ގަބޫލުފުޅު ކުރައްވާ ރައީސް ޔަމީން ރިޔާސީ ކެމްޕޭން ފައްޓަވާފައިވާއިރު އެ މަނިކފާނު މައްޗަށް އުފުލާފައިވާ ދައުވަތަކެއްގެ ޝަރީއަތް ކޯޓްތަކުގައި ކުރިޔަށް ދެއެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.