ސަރުކާރުގެ މިސްރާބު ހުރީ އަރަބިއްޔާ ހަލާކުކޮށްލަން: އިޔާޒް

އަރަބިއްޔާ މައްސަލާގައި އިޔާޒް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ މިސްރާބު މިހާރު ހުރީ ސީދާ އަރަބިއްޔާ ސުކޫލު ހަލާލުކޮށްލުމަށް ކަމަށެވެ. އަދި އެޑިއުކޭޝަނުން މަސައްކަތް ކުރަނީ ބެލެނިވެރީން ރުޅިއަރުވާ ފިތުނަ ފަސާދަ އުފައްދާ ގޮތަށް ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް އަދި މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް

އެޑިއުކޭޝަން މިނިސްޓްރީގެ މިސްރާބު ހުރީ އަރަބި ތައުލީމަށް ހާއްސަ، އަރަބިއްޔާ ސުކޫލް ހަލާކު ކޮށްލަން ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް އަދި މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ތުހުމަތު ކުރައްވައިފި އެވެ.

ސަރުކާރުގެ އަޅާލުން ކުޑަ އަރަބިއްޔާގެ މައްސަލަ އިތުރުކޮށް ގޯސްވީ ކުއްލި ގޮތަކަށް އެ ސްކޫލުގެ ޕްރިންސިޕަލް ޝުޖާއު އަބްދުއްރަހީމް ޕްރިންސިޕަލް ކަމުން ވަކިކޮށް ނޭޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ބަދަލު ކުރުމާ ގުޅިގެންނެވެ. އެކަމާއި ދެކޮޅަށް އަރަބިއްޔާގެ ބެލެނިވެރީން ރޭ ވަނީ އިހުތިޖާޖެއް ވެސް ކޮށްފަ އެވެ.

އަރަބިއްޔާ މައްސަލާގައި އިޔާޒް މިއަދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ މިސްރާބު މިހާރު ހުރީ ސީދާ އަރަބިއްޔާ ސުކޫލު ހަލާލު ކޮށްލުމަށް ކަމަށެވެ. އަދި އެޑިއުކޭޝަނުން މަސައްކަތް ކުރަނީ ބެލެނިވެރީން ރުޅިއަރުވާ ފިތުނަ ފަސާދަ އުފައްދާ ގޮތަށް ކަމަށެވެ.

"ދަރިވަރުން ނެޓްބޯލް ފަރިތަކުރާ ޕޮޓް ފޮރުވަން އެންގީ ސީދާ މިނިސްޓަރު [ޑރ. އައިޝަތު އަލީ]،"

އިޔާޒް ވިދާޅުވީ އެ ނޫންވެސް ކިތަންމެ ޖަރީމާއެއް ހިންގަމުންދާ ކަމަށެވެ. އިޔާޒްގެ މި ޓްވީޓަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔާފައި ވެއެވެ. އެއީ މި ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދައްކާ ސަރުކާރުން ކުރާ ގޯސް ކަންކަން ފޮރުވައި ދޭން އިޔާޒްއާ އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ. އަރަބިއްޔާ މައްސަލާގައި ކަންބޮޑުވާ ކަމަށް ދައްކަން އަދާލަތަށް ނިސްބަތްވާ ބައެއް އިލްމުވެރީން ޓްވީޓް ކުރަނީ ހީލަތްތެރި ގޮތެއްގައި ކަމަށް ފާޑުކިޔާ ކޮމެންޓް ކޮށްފައިވާ މީހުން ބުނެ އެވެ. އަދާލަތުގެ ބައެއް އިލްމުވެރީން އަރަބިއްޔާ މައްސަލާގައި ޓްވީޓްކޮށް ގިނައިން ފާހަގަ ކޮށްފައިވަނީ އެއްވެސް ސަރުކާރަކުން އަރަބިއްޔާއަށް ސަަމާލު ކަން ނުދޭ ކަމެވެ. މި ސަރުކާރަށް ނިސްބަތް ކޮށް އެއްޗެއް ބުނަން ފަސް ޖެހިފައިވާ ކަން އާންމުން ފާހަގަ ކުރެއެވެ.

ސްކޫލްގެ ބެލެނިވެރިން ބުނަނީ ޝުޖާއު މަގާމުން ވަކި ކޮށްފައިވަނީ އަރަބިއްޔާ ބެލެނިވެރީން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕޭން ހުއްޓުވަން ޝުޖާއު މަސައްކަތް ނުކުުރައްވާ ކަމަށް ތުހުމަތު ކުރުމަށް ފަހު ކަމަށެވެ. އަދި ޝުޖާއު، އެޑިއުކޭޝަން މިނިސްޓްރީ އާއި ސަރުކާރުގެ ސްޓޭންޑް ދިފާއު ނުކުރާ ކަމަށާ މުޅީން ވެސް މަސައްކަތް ކުރަނީ ބެލެނިވެރީން އެދޭ ގޮތަށް ކަމަށް ވެސް ސަރުކާރުން ތުހުމަތު ކުރާ ކަމަށެވެ.

މިދިޔަ ހަފުތާގައި އެޑިއުކޭޝަންގެ އިސް ބޭފުޅުން ވަނީ އަރަބިއްޔާއަށް ޒިޔާރަތްކޮށް ޝުޖާއުއާ ބައްދަލު ކޮށްފަ އެވެ. އެ ބައްދަލްވުމުގައި "ސޭވް އަރަބިއްޔާ" ކެމްޕޭން ހުއްޓުވަން އެޑިއުކޭޝަނުން އަންގާފައިވާ ކަމަށް ވެއެވެ. ނަމަވެސް މިދިޔަ ހަ އަހަރު އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ޝުޖާއު ބެލެނިވެރީންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމުން އެޑިއުކޭޝަންގެ ޓީމުން އެކަމާ ވަރަށް ހިތްހަމަަނުޖެހު ކަމަށް ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.