މިޑްޓާމް އިލެކްޝަނާއެކު އެމެރިކާ ފުރޮޅިގެން ހިނގައިދާނެ: ބައިޑަން

ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ވަދެ އެމެރިކާ އަދާ ކުރާ ރޯލާއި ހަކަތަ މާކެޓް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ފޭލިވުމަކީ ވެސް އެމެރިކާ އަލުން ވިސްނަން ޖެހިފައި އޮތް ކަމެކެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން: މިޑް ޓާމް އިލެކްޝަންގައި ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވޭ

އަން އަންގާރަ ދުވަހު އެމެރިކާގެ މިޑްޓާމް އިލެކްޝަން ކުރިޔަށް ގެންދާނެ އެވެ. މިޑްޓާމް އިލެކްޝަންފައި އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އަދި އެ ބަދަލުގައި ރައީސް ކަމުގެ މަގާމުން ޖޯ ބައިޑަން ދުރު ކޮށްފާނެ އެވެ.

މިޑްޓާމް އިލެކްޝަން ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވި ނަމަވެސް ރިޕަބްލިކާނާ ހަމައަށް ގޮސްފިނަމަ ކަން ހިނގާނެ ގޮތުގެ އެ ހަގީގަތް ރައީސް ބައިޑަން ވެސް ގަބޫލުފުޅު ކުރައްވަ އެވެ.

ޕޮޕިއުލާ ވޯޓާއި ޕޯލްތަކާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިޕަބްލިކަން ޕާޓީއަށް ވެސް އަދި ޑިމޮކްރޭޓުންނަށް ވެސް ހައުސް އޮފް ރެެޕްރެޒެންޓެޓިވްސް އާއި ސެނެޓް އަޣުލަބިއްޔަތު ލިބުން ކައިރި ކަމަށާއި ނަމެވެސް އެމެރިކާއަށް ބޮޑު ބަދަލެއް އަންނަތަން ފެންނާނީ ރިޕަބްލިކަންއާ ހަމައަށް ހިނގައްޖެ ނަމަ ކަމަށެވެ.

މި ކަމާ ގުޅުވައި ބައިޑަން ވިދާޅުވެފައި ވަނީ މޮޅެއް އޮތަސް ނެތަސް ރިޕަބްލިކަނުންނަށް ކުރި ހޯދިއްޖެ ނަމަ އެ ބަދަލު ގެންނާނެ ކަމަށެވެ.

ރިޕަބްލިކަނުން ބުނާ ގޮތުގައި އެމެރިކާއިން ބޭކާރު ހަރަދުތައް ކުރުމާއި އާންމު ރައްޔިތުންނަށްވުރެ ދުނިޔޭގެ މަސްލަހަތު އެމެރިކާ އިސްކޮށްފައި ވެއެވެ. އަދި އެމެރިކާގައި މިހާރު އޮތީ ރައްޔިތުންގެ ސަރުކާރެއް ނޫނެވެ. ސަރުކާރެގެ ބައެއް ސިޔާސަތުގެ ސަބަބުން ދުނިޔޭގައި އެމެރިކާގެ ހައިސިއްޔަތު ގެއްލިފައި ވެއެވެ. މީގެ އިތުރުން ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ވަދެ އެމެރިކާ އަދާ ކުރާ ރޯލާއި ހަކަތަ މާކެޓް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ފޭލިވުމަކީ ވެސް އެމެރިކާ އަލުން ވިސްނަން ޖެހިފައި އޮތް ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.