ހަނގުރާމައިން ލިބިދާނެ ދަތިތަކަށް ދުރާލާ ފިޔަވަޅު އަޅަން ގޮވާލާ ކުއްލި މައްސަލައެއް

މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ދަނީ ބަހުސް ކުރަމުންނެވެ. ކުއްލި މައްސަލަ ބަލައިގެންފައި ވަނީ 45 މެންބަރުންގެ ވޯޓުންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

އީރާން-އިސްރާއީލުން ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު އޮތް ގޮތުން، ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމަށް ގޮވާލާ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދުގެ މަޖިލީސް ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ މިހާރު އެމެރިކާއިން ވެސް ވަދެފައިވާ އެ ހަނގުރާމައިގެ އަސަރު އިތުރު ގައުމުތަކަށް ފެތުރި، އެތަކެއް ދުވަސްތަކަކަށް ހަނގުރާމަ ދިގުދެމިގެން ދިއުން އެކަށީގެންވާ ކަމަށެވެ.

އެމެރިކާ އިން އީރާނުގެ ނިއުކްލިއަ ޕްލާންޓްތަކަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން އީރާނުން ރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަބޫއުބައިދާ އާއި އިރާގުގައި ހުންނަ އަސްކަރީ ބޭހަށް ހަމަލާ ދީފަ އެވެ. މި ހަމަލާތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ޓްރާންސިޓް ޕޮއިންޓް ކަމަށްވާ ދޯހާ އާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފަ އެވެ.

މީކާއިލް ވިދާޅުވީ މީގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނެ ސިނާއަތަކީ ޓޫރިޒަމް ކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެ، ދައުލަތުގެ އާމްދަނީ ދަށުވުމާއި، ބޭރު ފައިސާ ލިބުން ވަރަށް ބޮޑަށް ދަށްވުން ފަދަ ކަންކަން ރާއްޖެއަށް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.

"އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭސްފަދަ ތަކެތި މެދުނުކެނޑި އެތެރެކުރެވޭނެކަން ކަށަވަރުކުރުމާއެކު، ބޭހާއި ކާޑުގެ ބާވަތްތަކާއި އަދި ތުއްތުކުދިންގެ ކާނާފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލެބެން ހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި ފިޔަވަޅު އެޅިމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއް،" ކުއްލި މައްސަލައިގައި މީކާއިލް ފާހަގަކުރެއްވި އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ދަނީ ބަހުސް ކުރަމުންނެވެ. ކުއްލި މައްސަލަ ބަލައިގެންފައި ވަނީ 45 މެންބަރުންގެ ވޯޓުންނެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތައް ބަލަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ޒަމީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވެސް ވަނީ މެދުއިރުމަތީގެ ހާލަތު ދިރާސާކޮށް ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.