އީރާނުން ވަނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ގަތަރުގެ ދޯހާގައި ހުންނަ އަބޫއުބައިދާ ވައިގެ ބޭހަށް ހަމަލާ ދީފަ އެވެ.
އިރާނުގެ ނިއުކްލިއަ ޕްލާންޓަކަށް ހަމަލާ ދިން މައްސަލައިގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއިން މެދުއިރުމަތީގައި ހުންނަ ބައެއް ބޭސްތަކަށް ހަމަލާ ދީފި އެވެ.
އީރާނުން ވަނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ގަތަރުގެ ދޯހާގެ ރަށް ބޭރުގައި ހުންނަ އަބޫ- އުބައިދާ ވައިގެ ބޭހަށް ހަމަލާ ދީފަ އެވެ. މިއީ މެދުއިރުމަތީގައި އެމެރިކާ އިން ހިންގަމުންދާ އަސްކަރީ މަރުކަޒުތަކަށް މި ފަހުން ހަމަލާދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން އީރާނުން ވަނީ އެމެރިކާއިން އިރާގުގައި ހިންގަމުން ގެންދިޔަ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފަ އެވެ.
ބާރުގަދަ މިސައިލްތައް ބޭނުންކޮށްގެން އީރާނުން މިރޭ ދިން ހަމަލާތައް ގަތަރުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ހަލާކުކޮށްލާފަ އެވެ. އަދި މިރޭ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފާނެ ކަމަށްވެސް ވަނީ ބެލެވިފަ އެވެ.