ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ފްލައިޓްތައް ކެންސަލްވެ، ޓޫރިޒަމަށް ނުތަނަވަސްކަން

މި ހަމަލާތަކާއެކު ދޯހާ އާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން އެންމެ ކުންފުންޏެއްގެ މައުލޫމާތުތައް ދައްކާ ގޮތުން މާދަމާ އަންނަ އޮތް 1،800 އަށްވުރެ ގިނަ ޓޫރިސްޓުންނަށް ނާދެވޭނެ އެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއް ވީއައިއޭގައި : ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެފަ -- އެމްއޭސީއެލް

އީރާނާއި އިޒްރޭލާއެކު މިހާރު އުފެދިފައިވާ ކޯޅުންގަނޑު އިތުރަށް ހޫނުވެ ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިރޭ ހަމަލާ ދިނުމުން ފްލައިޓްތައް ކެންސަލްގެ ޓޫރިޒަމަށް ނުތަނަވަސްކަން ކުރިމަތިވެއްޖެ އެވެ. 

ނުވަ ދުވަސް ކުރިން އީރާން-އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރުން ފެށުމަށްފަހު މިރެއަކީ މި ހަނގުރާމައިގެ އިތުރު ކޮޅެއް ފެޅިރެއެކެވެ. އެއީ އެމެރިކާ އިން އީރާނުގެ ނިއުކްލިއަ ޕްލާންޓްތަކަށް ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސް އަބޫއުބައިދާ އާއި އިރާގުގައި ހުންނަ އަސްކަރީ ބޭހަށް ހަމަލާ ދީފަ އެވެ. މި ހަމަލާތަކާއެކު ދުނިޔޭގެ އެންމެ ބޮޑު ޓްރާންސިޓް ޕޮއިންޓް ކަމަށްވާ ދޯހާ އާއި ޔޫއޭއީގެ ވައިގެ ސަރަހައްދުވެސް ވަނީ ބަންދުކޮށްފަ އެވެ. 

މިކަމުގެ ސަބަބުން ރާއްޖެ އަންނަން އޮތް ގިނަ އަދަދެއްގެ ޓޫރިސްޓުން ނާދެވި އަދި ރާއްޖޭން ފުރަން ތިބި ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްވެފަ އެވެ. ގަތަރާއި ޔޫއޭއީއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ އެމިރޭޓްސް އާއި ގަތަރު އެއާވޭސްގެ މައި މަރުކަޒެވެ. 

މެދުއިރުމަތިން ގިނަ އަދަދެއްގެ ފްލައިޓް ގެންނަ އިނަ މޯލްޑިވްސްގެ އެއް ޑިރެކްޓަރު ކަމަށްވާ މުހައްމަދު ފިރާގު މިރޭ ވިދާޅުވި ގޮތުގައި މިހާރުގެ އަންދާޒާއަކީ ބޮޑު ތަނުން ފްލައިޓްތައް ޑިލޭވުން ކަމަށާ މީގެ ގެއްލުން ބޮޑުވާނެ އެވެ. 

މިރާ އަށް އެނގިފައިވާ ގޮތުގައި ޔޫއޭއީ އާއި ގަތަރުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން މިރޭ ބަންދު ކުރުމުން ފްލައި ޑުބާއީ އާއި އިއްތިހާދު އެއާވޭސް އަދި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އިން މާދަމަ ރާއްޖެ އަންނަ އޮތް ޓޫރިސްޓުންނަށް ނާދެވޭނެ އެވެ. އަދި ރާއްޖޭން ފުރަން ތިބި ޓޫރިސްޓުންނަށް ވެސް ނުދެވޭނެ އެވެ. އެންމެ ކުންފުންޏަކުން މިރާ އަށް ހިއްސާ ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖެ އަންނަން ތިބި 1،800 އަށްވުރެ ގިނަ ޓޫރިސްޓުންނަށް މާދަމާ ނާދެވޭނެ އެވެ. އަދި ރާއްޖޭން ފުރަން ތިބި 1700 ޓޫރިސްޓުންނަށް ފުރޭ ގޮތް ނުވެ ތިބީ ތާށިވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.