ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވީ "ދިވެހިންނަށް ރާއްޖެ އަލުން ހޯދައިދޭން"

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަލުން ދިވެހި ރައްޔިތުންނަށް ހޯދައިދޭން ވަނީ ޖެހިފަ އެވެ. އަދި އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލައި، ނުކުންނެވީ، އެކަން ހާސިލުކޮށްދޭން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ނަޝީދު މިރޭ ވާހަކަ ދައްކަވަނީ. --ފޮޓޯ: އޭއެފްޕީ

ސަރުކާރާއި އާންމު ފަރުދުންނަށް ވެސް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަނެ، ރާއްޖެ އަލުން ދިވެހިންނަށް ހޯދައިދޭން ޖެހިއްޖެކަމަށް، އިދިކޮޅު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ އުފެދުނު ހިޔާލުތަފާތުންވުންތަކުގައި، މިދިޔަ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް، ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި، ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ.

ދެ އަހަރެއްހާ ދުވަހު އެމްޑީޕީއާ ދުރުގައި ހުންނެވުމަށްފަހު، މިރޭ ރަސްމީކޮށް އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި، ނަޝީދު ވިދާޅުވީ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ކަމަށެވެ.

މިގޮތުން، ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން 125 ޕަސެންޓަށް އަރާފައިވާއިރު، ދަރަނި އަނބުރާ ދައްކަން އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކުރަންޖެހޭ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. 

މި ހާލަތުން ގައުމު ނަގައި ކޮޅަށް ޖަހަން އެނގޭނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހަމައެކަނި އެމްޑީޕީ އަށެވެ. 

"އަޅުގަނޑުމެންނަށް އެނގޭ ދަރަނި އަލުން އަނބުރާ އެކުލަވައިލަން ވެސް. އަޅުގަނޑުމެންނަށް އެނގޭ އެ ފައިސާ ދައްކާނޭ ގޮތް ވެސް. އަޅުގަނޑުމެންނަށް އެބަ އެނގޭ އެ ފައިސާ ދެއްކުމުގެ އިތުރުން ތިބޭފުޅުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ދެން ކުރަން އޮތީ ކޮން ކަމެއްކަން ވެސް،" މި ސަރުކާރުގައި އެ ގާބިލުކަމެއް ނެތް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެއާއެކު، ނަޝީދު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސީދާ ގޮންޖައްސަވައިފަ އެވެ. 

"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، މަނިކުފާނަށް 20 ޕަސެންޓު،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ނަޝީދު މިރޭ ވާހަކަ ދައްކަވަނީ. --ފޮޓޯ: އޭއެފްޕީ

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަލުން ދިވެހި ރައްޔިތުންނަށް ހޯދައިދޭން ވަނީ ޖެހިފަ އެވެ. އަދި އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލައި، ނުކުންނެވީ، އެކަން ހާސިލުކޮށްދޭން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަވައި، އެމްޑީޕީން ވަކިވެވަޑައިގަތް އިސް ހުރިހާ ބޭފުޅުން މިރޭ ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. 

މި ޖަލްސާގައި އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަ އެވެ. މި ޖަލްސާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފައެއް ނުވެ އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ނަޝީދު ވަނީ ވަރަށް ބޮޑަށް އެޕާޓީއަށާއި ރައީސް ސޯލިހަށާއި ޕާޓީގެ އިސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ ޕާޓީ "ރޫޅާލައްވާނެ" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.