ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތް ޖަލްސާގައި ސޯލިހު ބައިވެރިވެވަޑައި ނުގަތް

ނަމަވެސް ރައީސް ސޯލިހު މަރުހަބާ ދެންނެވުމަށް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވެސް ނަޝީދުގެ ނަން ވަކިން ހިމަނުއްވާފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވަނީ

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް މިރޭ ކުރިއަށްދާ ޖަލްސާގައި އެ ޕާޓީގެ އިސް ލީޑަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައި ނުގަންވަ އެވެ.

ރައީސް ސޯލިހާއި ހިޔާލު ތަފާތުވެ، ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައިވެ އެވެ. އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޕާޓީއާ ވަކިވެވަޑައިގެން ނަޝީދު ވަނީ ވަރަށް ބޮޑަށް އެމްޑީޕީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާފަ އެވެ.

އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބުނީ ނަޝީދު ޕާޓީ ދޫކުރައްވާ ވަޑައިގެންނެވުމުން ކަމަށް ޕާޓީގެ ގިނަ ބައެއްގެ އިތުރުން ރައީސް ސޯލިހު ވެސް ވަނީ ކުރިން ވިދާޅުވެފަ އެވެ.

ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ނިންމެވުމުން އެމަނިކުފާނަށާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ މަރުހަބާ ދަންނަވާފަ އެވެ. ނަމަވެސް ރައީސް ސޯލިހު މަރުހަބާ ދެންނެވުމަށް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވެސް ނަޝީދުގެ ނަން ވަކިން ހިމަނުއްވާފައެއް ނުވެ އެވެ.

މިރޭ ކުރިއަށްދާ ޖަލްސާގައި ނަޝީދުގެ ދެ ފަރާތުގައި ތިއްބެވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ. އިތުރަށް އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނާއި ކުރީގެ ނައިބް ރައީސް ފައިސަލް އިސްމާއިލް އިންނެވި އެވެ. އަދި ޑިމޮކްރެޓްސްގެ ލީޑާޝިޕްގެ ބޭފުޅުންގެ ތެރޭގައި އީވާ އަބްދުﷲ އާއި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބާއި އިމްތިޔާޒް ފަހުމީ ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.