ރައީސް މިއަދު ވަނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށް ހޯމްލޭންޑް މިނިސްޓްރީއަށާއި ހެލްތު މިނިސްޓްރީއަށް އަންގަވާފަ އެވެ.
ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށްފަހު ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބަލައި ފިޔަވަޅު އެޅުއްވުމަށް ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މަސައްކަތް ނިންމާލުމަށްފަހު މިމަހުގެ 17 ވަނަ ދުވަހު ވަނީ ރިޕޯޓް އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައި ފުލުހުންނާއި ބައެއް ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން، މައްސަލަ ބެލުމަށް ލަފާދީފައިވެ އެވެ. އެހެންކަމުން ރައީސް މިއަދު ވަނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބެލުމަށް ހޯމްލޭންޑް މިނިސްޓްރީއަށާއި ހެލްތު މިނިސްޓްރީއަށް އަންގަވާފަ އެވެ.
މި މައްސަލައިގައި ރައުދުގެ މައްޗަށް ކުރަނީ، ގާނޫނުލްއުގޫބާތުގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ. އޭނާގެ ބޭބެ ދާއޫދަށް ވެސް އެ ތުހުމަތު މިހާރު ކުރެ އެވެ.
މި މައްސަލައިގައި ހެލްތު މިނިސްޓްރީއަށް ރައީސް ބަލަން އެންގެވީ އައިޖީއެމްއެޗާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފްޕީޔޫ) އިން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ކޮމިޝަނުން ފާހަގަކުރި ކަންކަން ބެލުމަށެވެ.
އެގޮތުން؛