އެމެރިކާއިން ހަލާކުކޮށްލި ކަމަށް ބުނި ނިއުކްލިއަ މަރުކަޒަށް އިޒްރޭލުން ބޮން އަޅައިފި

އެމެރިކާ އިން ބޮން އެޅިނަމަވެސް އެތަނުގައި ހުރި ނިއުކްލިއަ ތަކެއްޗާއި އެތަނަށް ބޮޑު ގެއްލުމެއްވެފައި ނުވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ވެސް ވަނީ ބުނެފަ އެވެ.

އިޒްރޭލުން މިއަދު ހަމަލާ ދިން ނިއުކްލިއަ ޕްލާންޓަށް އެމެރިކާއިން ބޮން އެޅުމުން ލިބުނު ކަމަށް ބުނާ ގެއްލުން

އެމެރިކާ އިން ބޮން އަޅާ ހަލާކުކޮށްލި ކަމަށް ބުނި ނިއުކްލިއަ މަރުކަޒަށް އިޒްރޭލުން މިއަދު އަނެއްކާ ވެސް ބޮން އަޅައިފި އެވެ.

ދުނިޔޭގައި ނެތް ވަރުގެ ބޮޑު ބޮމެއް އެޅި ކަމަށް ބުނެ ހުޅަނގުން ހަބަރު ފަތުރަމުން ދިޔަ ފޯރުދޯ ނިއުކްލިއަ މަރުކަޒަށް އިޒްރޭލުން މިއަދު ވެސް ބޮން އެޅި ކަމަށް އީރާނުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

އެމެރިކާ އިން ބޮން އެޅިނަމަވެސް އެތަނުގައި ހުރި ނިއުކްލިއަ ތަކެއްޗާއި އެތަނަށް ބޮޑު ގެއްލުމެއް ނެފައި ނުވަ ކަމަށް ހުޅަނގުގެ މީޑިއާތަކުން ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ފަހުން އިޒްރޭލާއި އެމެރިކާއިން ވަނީ މިތަނަށް ބޮޑު ގެއްލުމެއް ދެވިފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އީރާނުން ވަނީ އެތަނަށް ބޮޑު ގެއްލުމެއްވެފައި ނެތް ކަމަށާ، އެ ގައުމުން ސުލްހަވެރި ބޭނުންތަކަށް ޔޫރޭނިއަމް ފައްކާ ކުރަން ކުރިއަށް ގެންދާ ޕްރޮގްރާމް ދޫކޮށް ނުލާނެ ކަމަށެވެ. 

އީރާނާއި އިޒްރޭލުގެ ކޯޅުންތަކުގައި އީރާނުން މިއަދުވެސް ވަނީ އިޒްރޭލުގެ މުހިންމު ތަންތަނަށް ހަމަލާ ދީފަ އެވެ. މިގޮތުން އިޒްރޭލުގެ ދެކުނުގައި ހުންނަ އިންޖީނުގެތަކަށް ހަމަލާ އަރާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.