ކޯޓަށް ހާޒިރު ނުވާތީ ކޭޕާކް މަންޑޭ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

މިއަދުގެ އަޑުއެހުމަށް ވެސް އޭނާ ހާޒިރު ކޮށްފައި ވަނީ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެގެންނެވެ. އެހެންވެ، މަންޑޭ ޝަރީއަތަށް އެއްބާރުލުން ނުދޭތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގާޒީ ވަނީ އަމުރުކުރައްވާފަ އެވެ.

ހަސަން މަމްދޫދު (މަންޑޭ): އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައި

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތަށް ހާޒިރު ނުވާތީ، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކޭޕާކް އެޕާޓްމެންޓްތައް ވިއްކުމުގައި ހިޔާނާތްތެރިވި މައްސަލައިގައި މަންޑޭގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށް، 104 ދައުވާ ވަނީ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތަކަކާއި، އޮޅުވާލުމުގެ ކުށުގެ ދައުވާތަކަކާއި، ޓެކުމުގެ ދައުވާތަކެއްގެ އިތުރުން މަނީލޯންޑަރިންގެ ކުށުގެ ދައުވާތަކެކެވެ.

މި މައްސަލައިގައި މަންޑޭގެ އިތުރުން އޭނާގެ ޕާޓްނަރެއް ކަމަށްވާ ރ. އަލިފުށި ކިނާރާގެ، ޖައިޝާން ސައީދަށް 98 ދައުވާ ވަނީ ކޮށްފަ އެވެ.

މި މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަކަށް ނުދެ އެވެ. ޝަރީއަތް ކުރިއަށް ނުދާ އެއް ސަބަބަކީ މަންޑޭ ކޯޓަށް ހާޒިރުނުވުމެވެ. އޭނާ ވަނީ ކޯޓަށް ހާޒިރު ނުވެވޭ އުޒުރެއްގެ ގޮތުގައި ޑޮކްޓަރުގެ ލިޔުންތަކެއް ވެސް ހުށަހަޅާފަ އެވެ.

މިއަދު އޮތް މި މައްސަލައިގެ ޝަރީއަތުގައި ގާޒީ އަލީ ނަދީމް ވިދާޅުވެފައި ވަނީ އެ ލިޔުންތަކުގައި އޭނާއަށް ކޯޓަށް ހާޒިރު ނުވެވޭނެ ހާލަތެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ކޯޓަށް ހާޒިރު ނުވާ ދުވަސްދުވަހު މަންޑޭ ބޭރުގައި އުޅެފައިވާ ކަމަށް އެކި ފަރާތްތަކުން ކޯޓަށް މައުލޫމާތު ހިއްސާކޮށްފައިވާކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމަށް ވެސް އޭނާ ހާޒިރު ކޮށްފައި ވަނީ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެގެންނެވެ. އެހެންވެ، މަންޑޭ ޝަރީއަތަށް އެއްބާރުލުން ނުދޭތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގާޒީ ވަނީ އަމުރުކުރައްވާފަ އެވެ. 

މި އަޑުއެހުމުގައި ކޭޕާކުގެ ޕްލެޓް ގަތް ބައެއް މީހުންގެ ހެކިބަސް ނަގާފައިވެ އެވެ.

ކޯޓުން ކުރިން ވަނީ ޝަރީއަތް ނިމެންދެން މަންޑޭގެ މުދާތައް ހިފަހައްޓަން ވެސް އަމުރުކޮށްފަ އެވެ. ހިފަހައްޓާފައިވާ މަންޑޭގެ މުދާތަކުގެ ތެރޭގައި ކޭޕާކްގެ ހަތަރު އެޕާޓްމެންޓް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސެއް ހިމެނެ އެވެ. އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ. އެ ޕެންޓް ހައުސްގެ ތެރެއިން އަގުބޮޑެތި މުދާ ވަނީ ހޯދާފަ އެވެ. އެގޮތުން، ލަގްޒަރީ ބްރޭންޑެޑް ދަބަހާއި ގަހަނާ އަދި ސެންޓު ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.