ބިދޭސީންނަށް ވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާމެދު ގޮތެއް ނިންމާނީ ދިރާސާއަށްފަހު

ބިދޭސީންނަށް މިނިމަން ވޭޖް ކަނޑައަޅަން ވިސްނަންތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެ ދިރާސާގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ރަށެއްގައި ބިދޭސީން މަސައްކަތް ކުރަނީ.

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް މުރާޖައާ ކުރުމަށްޓަކައި ކުރަމުން އަންނަ ދިރާސާގެ މައްޗަށް ބިނާކޮށް، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖު ދިނުމާމެދު ގޮތެއް ނިންމާނެކަމަށް ލޭބާ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މިނިމަމް ވޭޖު ދިނުން މަޖުބޫރު ކުރީ 2020 ވަނަ އަހަރުގަ އެވެ. އަމަލު ކުރަން ފެށީ ޖެނުއަރީ 1، 2021 ގަ އެވެ. 

ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖުގެ ނިސްބަތް މުރާޖައާކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާއިރު، އެކަން ކޮށްފައިނުވުމާ ގުޅޭގޮތުން، އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ކުރެއްވި ސުވާލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން، ހައިދަރު ވިދާޅުވީ، މި މަސައްކަތަކީ ފަންނީ ކަމެއް ކަމުން، އައިއެލްއޯ އާ ގުޅިގެން ދިރާސާއެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.  

އޭގެފަހުން، ބިދޭސީންނަށް މިނިމަން ވޭޖް ކަނޑައަޅަން ވިސްނަންތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެ ދިރާސާގެ މައްޗަށް ބިނާކޮށް ކަމަށެވެ. 

"އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އަޅުގަނޑުމެން އެކަމަށް ގޮތެއް ނިންމާނަން،" ހައިދަރު ވިދާޅުވި އެވެ.

ރާއްޖޭގެ މިނިމަމް ވޭޖްގެ ދާއިރާތަކާއި މިނިމަމް ވޭޖް

  • ސިވިލް ސާވިސް: މަހަކު 7،000ރ.
  • ކުދި ވިޔަފާރިތަކަށް: މަހަކު 4،500 ރ.
  • މެދު ފަންތީގެ ވިޔަފާރިތަކަށް: މަހަކު 7،000 ރ.
  • ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8،000 ރ.

ރާއްޖޭގެ މަސައްކަތްކުރާ ބިދޭސީންނަށް މިނިމަމް ވޭޖުގެ މުސާރަ ދޭން ފެށުން ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ މުއްދަތު ވަނީ 2022 ވަނަ އަހަރު ފަސްކޮށްފަ އެވެ. 

އޭރު ގާނޫނު އިސްލާހުކުރީ، އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދޭ ލަފާގެ މަތިން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ ތާރީހެއް މިނިސްޓަރު ކަނޑައަޅައި އާންމުކޮށް އިއުލާން ކުރާ ގޮތަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.