އަލިފާން ރޯވެފައި ވަނީ އެ އެޕާޓްމެންޓްގައި އޮތް ގޮދަޑިއެއްގަ އެވެ. ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ވަނީ ނިއްވާލާފަ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 7:41 ހާއިރު ރޯވެފައި ވަނީ ވިނަރެސްގެ ނުވަވަނަ ޓަވަރުގެ 13 ފަންގިފިލާގައި ހުރި ހަވަނަ އެޕާޓްމެންޓްގައި ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ އެ އެޕާޓްމެންޓްގައި އޮތް ގޮދަޑިއެއްގަ އެވެ. ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ވަނީ ނިއްވާލާފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައި، އެ އެޕާޓްމެންޓްގެ ކޮޓަރިއެއް ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. ރޯވެފައި ވަނީ ބަންކު ބެޑެއްގައި އޮތް ގޮދަޑިއެއްގަ އެވެ.