އޭލްވެލް އަކީ ސްކޫލް ނިމޭ ގްރޭޑް ކަމަށް ކަނޑައަޅަނީ

މިގޮތުން، މި އަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެސް، މާލޭގެ ސްކޫލްތަކުގައި އެ ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައިވާކަން އޭނާ ހާމަކުރެއްވި އެވެ.

އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ސްކޫލް ނިމޭ ގްރޭޑް، އޭލެވެލްއަށް މަތިކުރުމުގެ ވިސްނުން، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހާމަކުރައްވައިފި އެވެ.

ފަސް ދަންފަޅިއަކަށް ބަހާލައިގެން ހޮނިހިރާއި އާދީއްތަ ދުވަހު، ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ 2022/2023 މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ރޭގެ ފަހު ދަންފަޅީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށާއި، އެކަމަށް މި ސަރުކާރުން ފެށި ޕައިލެޓް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. 

އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ރޭ ދަރިވަރަކަށް އިނާމު ހަވާލުކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މިގޮތުން، މި އަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެސް، މާލޭގެ ސްކޫލްތަކުގައި އެ ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައިވާކަން އޭނާ ހާމަކުރެއްވި އެވެ. 

"އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލް ތައުލީމުން އެބަ މަހުރޫމުވޭ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭލެވެލް އެއީ ސްކޫލު ނިންމައި މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.