ރައީސް ސޯލިހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާކަން އިއުލާނު ކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ސޯލިހު ވާދަކުރައްވާކަން އިއުލާނު ކުރައްވާފައި ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގަތް ފަރިއްކޮޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
ރައީސް ސޯލިހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ސޯލިހު އިއުލާނު ކުރައްވާފައި މިވަނީ އެ ޕާޓީން ވަކިވެގެން ގޮސް އުފެއްދި ދަ ޑިމޮކްރެޓްސްގެ ބޭފުޅުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމަށް މާދަމާ ރޭ ބާއްވާ ހާއްސަ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ސޮއިކުރައްވާނެ އެވެ.
ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގަންނަވާއިރު، އެމަނިކުފާނު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.