މާސްކް އިން ނެރުނު ބަޔާނެއްގައި ބުނީ ހައިފާ ބަނދަރަށް ދެމުން ގެންދާ ހަމަލާތަކާއި މެދުއިރުމަތީގެ މަސްރަހު މިވަގުތު ގޯސްވެފައިވާތީ ހައިފާއަށް ބަނދަރު ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އާގުބޯޓު ކުންފުނި ކަމަށްވާ މާސްކްއިން އިޒްރޭލުގެ ހައިފާ ބަނދަށް ކުރާ ކޮންޓެއިނާ އުފުލުގެ ދަތުރުތައް ހުއްޓާލައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ޝިޕް ކުންފުނި ކަމަށްވާ މާސްކް އިން ނެރުނު ބަޔާނެއްގައި ބުނީ ހައިފާ ބަނދަރަށް ދެމުން ގެންދާ ހަމަލާތަކާއި މެދުއިރުމަތީގެ މަސްރަހު މިވަގުތު ގޯސްވެފައިވާތީ ހައިފާއަށް ބަނދަރު ކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ބަލާނީ ބޯޓުގައި ތިބި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުނެފައިވެ އެވެ.
މާސްކް އިން ހައިފާ ބަނދަރަށް ކުރާ ދަތުރުތައް ހުއްޓާލުމަކީ އިޒްރޭލަށް ލިބިގެންދާނެ ބޮޑު ގެއްލުމަކަށްވާނެ އެވެ. މީގެ ސަބަބުން އެ ގައުމުގައި މުދަލުގެ އަގު އުފުލި ގިނަ މައްސަލަތަކެއް ނުކުންނާނެ އެވެ.
އީރާނާއި އިޒްރޭލުން ފަށާފައިވާ ހަނގުރާމާގައި އީރާނުގެ ގިނަ އަދަދެއްގެ ހަމަލާތަކެއް ވަނީ ހައިފާ ބަނދަރަށް ދީފަ އެވެ. މިގޮތުން މި ހަމަލާތަކުގައި އެ ޕޯޓުގެ ތެޔޮ ސާފުކުރާ ކާރުހާނާގެ މަސައްކަތް ހުއްޓި ވަނީ ގިނަ ގެއްލުންތަކެއް ލިބިފަ އެވެ.