ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ކައުންޓްޑައުން ފަށައިފި

ސަރުކާރުން ދަނީ ވީއައިއޭ އާ ޓާމިނަލް އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވަމުންނެވެ.

ވީއައިއޭ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތައް ފެށުމުގެ ގޮތުން ކައުންޓްޑައުން ފަށަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިން -- އެމްއޭސީއެލް

ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބަދަލެއް އަންނާނެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޕެސެންޖަރު ޓާމިނަލް ހުޅުވަން ތައްޔާރުވެ ކައުންޓްޑައުން ފަށައިފި އެވެ. 

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިއްމު އެއް ވައުދުފުޅު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގެ އައު ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރު ވުމުގެ ގޮތުން ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރޭ ދަންވަރު 12:00 ގައި ރަސްމީކޮށް ފައްޓަވައިދެއްވެވީ އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އަދި މުޖުތަބާ ލަތީފް އާއި ކުންފުނީގެ ސީނިއަ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ


މި ރަސްމިއްޔާތުގައި ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ 1960 ވަނަ އަހަރު ދަގަނޑު ފިލާތަކެއް ބޭނުންކޮށްގެން ހެދި ރަންވޭގެ މައްޗަށް އެންމެ ފުރަތަމަ ބޯޓެއް ޖެއްސުމާ ހިސާބުން ހުޅުވިގެން ތަނެއްގެ ގޮތުގައި ވިދާޅުވި އެވެ. އަދި އެމްއޭސީއެލްއަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި، އަދި ކަމަކަށް ކުރިމަތި ލައިފިނަމަ އެކަމެއް ނިންމުމާއި މެދު އޮންނަ ޔަގީންކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.އަދި ހުރިހާ މުވައްޒަފުން ވެސް ފުރިހަމައަށް އެއްބާރުލުން ދީގެން، އަޅުގަނޑުމެންގެ ދިވެހިރާއްޖެ އަށް މިކޮށްދޭ ޤައުމީ މަސައްކަތް ކާމިޔާބުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ޝަރީފު ގޮވާ ލެއްވި އެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މިޓާމިނަލަކީ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރުޢޫތަކުގައި ހިމެނޭ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫޢެވެ. ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު މިޓަރމިނަލް ހުޅުވިގެންދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިޤްތިސާދަށް ޚާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެކެވެ.


އައު ޓަރމިނަލް ހުޅުވުމަށްވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށްވުރެ އެތައްގުނައެއް ބޮޑު އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުވެރިންނަށް ޚިދުމަތްދެވޭނެ ތަނަވަސް ޓަރމިނަލެކެވެ. މތަނުގައި އެއިރޯ ބްރިޖްއާއި ސެލްފް ޗެކިން ސިސްޓަމްއާއި އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތަކުގެ ހިދުމަތް ހުންނާނެ އެވެ. 

ސަރުކާރުން ދަނީ ވީއައިއޭ މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވަމުންނެވެ. މި ޓާމިނަލް ތަރައްގީ ކޮށްފައިވަނީ 72،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގަ އެވެ. ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކް އަދި ޒަމާނީ ބެޖޭޖު ހޭންޑްލިން ނިޒާމަކާއި އެޑްވާންސް ސެކިއުރިޓީ ޗެކިން ނިޒާމެއް ހުންނާނެ އެވެ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭރުން ގިނަ ލޯނުތަކެއް ނަގައިގެން ފެށި މި މަޝްރޫއަކީ ރާއްޖޭގައި ހިނގާ އެންމެ ބިޔަ އެއް މަޝްރޫ އެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަޝްރޫއުގެ ދަށުން ހެދި ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ކޯޑް އެފް ރަންވޭ މިހާރު ވަނީ ހިދުމަތަށް ދޫކޮށްލާފަ އެވެ. އެ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން މިހާރު ވީއައިއޭގައި ރައްކާކުރެވޭ ތެލުގެ ތިން ގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް ވެސް ވަނީ ހަދައި ނިމުމުގެ މަގުމަތީގަ އެވެ. މި ފިއުލްފާމް ނިމުމުން މިހާރު ލޮރީ ގެންގޮސްގެން ބޯޓަށް ތެޔޮ އެޅުން ނިމިގެން ދާނެ އެވެ. މީގެ އިތުރުން މިހާރު ހުޅުވާ އާ ކާގޯ ޓާމިނަލްއާއެކު އިމްޕޯޓަށް / އެކްސްޕޯޓް އިތުރަށް ފަސޭހަ ވެގެން ދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.