ރަޝިއާގެ އިންޒާރެއް | ހާމަނާއީ އަވަހާރަކޮށްލައިފިނަމަ އާދައިގެ ގޮތަކަށް ނުނަގާނަން

ޕުޓިންގެ ތަރުޖަމާން ޑިމިޓްރީ ޕަސްކޯވް ވަނީ ހާމަނާއީ އަވަހާރަކޮށްލައިފިނަމަ މަޝްރަހު ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަލްޑަމިއަރް ޕުޓިން އަދި އީރާނުގެ ލީޑަރު އަލީ ހާމަނާއީ -- އޭޕީ

އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލައިފިނަމަ އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށް ވިދާޅުވެ، ރަޝިއާއިން އިންޒާރު ދީފި އެވެ. 

އީރާނުގެ އެންމެ އިސްވެރިޔާ ހާމަނާއީ އަވަހާރަކޮށްލެވިދާނެ ކަމަށާ އަދި އެމަނިކުފާނު ހުންނެވި ތަންވެސް އެނގޭ ކަަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އާއި އިޒްރޭލުގެ ހަރުކަށި ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެފައިވަނިކޮށް ރަޝިއާގެ ރައީސް ވަލްޑަމިއަރް ޕުޓިންގެ ތަރުޖަމާން ޑިމިޓްރީ ޕަސްކޯވް ވަނީ ހާމަނާއީ އަވަހާރަކޮށްލައިފިނަމަ މަޝްރަހު ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އަދި ފަހުން އިޒްރޭލްގެ ޑިވެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް ވަނީ މިހާރުގެ ހަމަލާތަކުގެ އަމާޒަކީ ހާމަނާއީ ކަމަށް ވިދާޅުވެފަ އެވެ. 

އީރާނާއެކު ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ރަޝިއާއިން އިޒްރާޒުދޭ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު އީރާނުގެ ބައެއް ނިއުކްލިއަ މަރުހަޒުތަކުގައި އެ ގައުމުގެ ތަޖުރިބާކާރުން މަސައްކަތް ކުރާ ކަމަށް ރަޝިއާގެ ރައީސް ލަޑީމިއަ ޕުޓިން ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި އިޒްރޭލުން އެ ތަޖުރިބާކާރުންގެ ރައްކާތެރިކަމުގެ ޔަގީންކަން ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.