އީރާނުގެ ހަމަލާ މައިތިރިނުވެ އިޒްރޭލަށް އަރާ ރޯވެއްޖެ

މުސްލިމުނާ ގުޅުންހުރި ގިނަ ހާދިސާތަކާ ގުޅިފައިވާ ފަލަސްތީނުން ވެރިވެރިގެންފައިވާ އިޒްރޭލުގެ ބީރުޝަބާ އަވަހަށް އީރާނުން މިއަދު ހެނދު ހަމަލާ ދިނީ ކޮން ބާވަތެއްގެ މިސައިލަކުން ކަމެއް ނޭނގެ އެވެ.

އީރާނުން މިއަދު ހެނދުނު ފޮނުވާލި އެންމެ ހަމަލާގައި އިޒްރޭލުގައި ރޯވެފައި

އީރާނުން މިއަދު ހެނދުނު ފޮނުވާލި އެންމެ ހަމަލާއެއް ނުހުއްޓުވި އިޒްރޭލުން ހިފާފައިވާ ބީރުޝަބާ އަވަށް އަރައި ގެއްލުން ވެއްޖެ އެވެ. 

މުސްލިމުނާ ގުޅުންހުރި ގިނަ ހާދިސާތަކާ ގުޅިފައިވާ ފަލަސްތީނުން ވެރިވެރިގެންފައިވާ އިޒްރޭލުގެ ބީރުޝަބާ އަވަހަށް އީރާނުން މިއަދު ހެނދު ހަމަލާ ދިނީ ކޮން ބާވަތެއްގެ މިސައިލަކުން ކަމެއް ނޭނގެ އެވެ. އެ މިސައިލް ނުހުއްޓުވި ވަނީ އިޒްރޭލު ބަހުން ކިޔާ ގޮތުންނަމަ "ބެއާޝެވާ" ނަމަވެސް ކުރީގެ ބީރުޝަބާ އަވަހަށް ވަނީ އަރާފަ އެވެ. 

މިސައިލް އަރާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޓެކް ޖަޔަންޓު މައިކްރޯ ސޮފްޓުން އިޒްރޭލުގައި ހިންގާ މަރުކަޒަކަށެވެ. މި ހަމަލާގެ ސަބަބުން އެތަން ވަނީ ހަލާކުވެފަ އެވެ. މި ތަނަނަކީ އިޒްރޭލުން ރިސާޗް އެންޑް ޑިވްލޮޕްމަންޓް (އާރުއެންޑީ) މަސައްކަތްތަކަށް ބޭނުން ކުރާ ތަނެކެވެ. މިތަނަށް އީރާނުން ދިން ހަމަލާގައި ހަ މީހަކު ވަނީ ޒަހަމްވެފަ އެވެ. 

އީރާނާއި އިޒްރޭލުން ހަމަލާ ބަދަލު ކުރިފަހުން މިހާތަނަށް ހަފުތާއެއް ވެގެން ދިޔައިރު ދެ ފަރާތުންވެސް ދަނީ ހަމަލާދެމުންނެވެ. އީރާނުގެ ބައެއް ތަންތަނަށް ބޮން އެޅިއިރު އީރާނުން ދިން މިސައިލްތަކުގައި އިޒްރޭލަށް ބޮޑު ގެއްލުމެއް ވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.