މިހާރު އެންމެ މަދުން ޓޫރިސްޓުން ދަނީ ތ. އަތޮޅަށް

އާދަޔާ ހިލާފަށް ރީޔި މި އަތޮޅަށް މިއަހަރުގެ މެއި މަހުގެ ނިޔަލަށް ގޮސްފައިވަނީ ޖުމްލަ 1,953 ޓޫރިސްޓުންނެވެ.

ތ. އަތޮޅުގެ ރީތި ރަށެއް ކަމަށްވާ ބޮޑު ފިނޮޅު -- ވިޒިޓް ތާ ޕޭޖު

މި އަހަރުގެ މިދިޔަ މެއި މަހާ ހަމައަށް ބަލާއިރު ރާއްޖޭގައި އެންމެ މަދުން ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ ތ. އަތޮޅުގައި ކަމަށް ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ތ. އަތޮޅަށް މި އަހަރުގެ މެއި މަހުގެ މިޔަލަށް ގޮސްފައިވަނީ އެންމެ 1,953 ޓޫރިސްޓުންނެވެ. އަދި މިދިޔަ މެއި މަހު އެ އަތޮޅުގައި ޗުއްޓީ ހޭދަކޮށްފައިވަނީ އެންމެ 179 ޓޫރިސްޓުންނެވެ. 

މި އަތޮޅުގައި މިވަގުތު ހިންގާ އެންމެ ރިސޯޓެއްގައި ހުރީ 152 އެނދެވެ. އަދި ނުވަ ގެސްޓްހައުސްއެއްގައި 104 އެނދު ހުރިކަމަށް ދައްކަ އެވެ. މި އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓަކީ ކޮސްމޯ މާލެފުށި އެކަންޏެވެ. މީގެ އިތުރުން އެހެން ރިސޯޓްތައް ތަރައްގީ ކުރަމުން ގެންދެ އެވެ. 

ގުދުރަތީ ގޮތުން އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ތ. އަތޮޅުގައި ޖުމްލަ 66 ރަށް އޮންނައިރު މީހުން ދިރިއުޅޭ 13 ރަށެއް އޮވެ އެވެ. މި އަތޮޅުގެ ޖުމުލަ އާބާދީއަކީ ގާތްގަނޑަކަށް 11،000 އެވެ. މި އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓު އޮންނަނީ ތ. ތިމަރަފުށީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.