އީރާނުން މިއަދު ވަނީ އިޒްރޭލުގެ މުހިންމު އަސްކަރީ ދެ މަރުކަޒެއް ފުނޑާލާފަ އެވެ. މި ހަމަލާގައި އެތަނުގެ ކައިރީގައި ހުރި ސޮރޯކާ ހޮސްޕިޓަލަށް ޝޮކް ވޭވްގެ ސަބަބުން ގެއްލުންވި އެވެ.
މީގެ 24 ގަޑިއިރު ކުރިން އެމެރިކާ އާއި އިޒްރޭލުން ބުނީ އީރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ބާރު ހޯދިފައިވާ ކަމަށެވެ. އެކަމަކު އެހެން ބުނިތާ ހައެއްގަ ގަޑިއިރު ނުވެ އީރާނުން ވަނީ އިޒްރޭލުގެ ދެ ޑްރޯނެއް ވައްޓާލާފަ އެވެ. މީގެ އިތުރުން މިއަދު ހެނދުނު އިރުއެރުމާއެކު ދިން ބާރުގަދަ ހަމަލާތަކާއެކު އިޒްރޭލުންހީވެސް ނުކުރާ ވަރުގެ ގެއްލުންވެ ތިބީ ސިހުމުގަ އެވެ.
އީރާނުން މިއަދު ވަނީ އިޒްރޭލުގެ މުހިންމު ގިނަ މަގާމު ތަކަށް ހަމަލާ ދީފަ އެވެ. ހަމަލާދިން ތަންތަނުގެ ތެރޭގައި އެ ގައުމުގެ ވެރިރަށުގެ މެދުތެރޭގައި ހުންނަ އަސްކަރީ މަރުކަޒުތައް ވެސް ހިމެނެ އެވެ.
އިޒްރޭލު ސިފައިންގެ ސެންޓްރަލް ކޮމާންޓް އެންޑް އިންޓެލިޖެންޓް މައި މަރުކަރު ހިމެނެ އެވެ. މީގެ އިތުރުން ގަވް-ޔަމް ޓެކްނޮލޮޖީ ޕާކުގައި ހުންނަ މިލިޓަލީ އިންޓެލިޖެންސް ކޭމްޕެއް ވެސް ހިމެނެ އެވެ. މި ތަންތަނަކީ މުސްލިމް ގައުމުތައް ބައިބައިކޮށް ހަލާކުކޮށްލަން އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ސައްލާތައް ހިންގާ މައި އެއް ކިއްލާ އެވެ.
މި ދެ މަރުކަޒަށް ދިން ހަމަލާގައި އެތަނުގެ ކައިރީގައި ހުރި ސޮރޯކާ ހޮސްޕިޓަލް ވެސް ހަލާކުވެފައިވެ އެވެ. ނަމަވެސް އެތަން ހަލާކުވީ އިޒްރޭލުގެ ހަމަލާއެއް އަރައިގެންނެއް ނުނެވެ. އެ ހޮސްޕިޓަލް ހަލާކުވީ އީރާނުން ހަމަލާ ދޭން ބޭނުންކުރި މިސައިލްތަކުގެ ބާރުގަދަ ކަމުން އައި "ޝޮކް ވޭވް" ގެ ސަބަބުންނެވެ. މި ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލް ހުއްޓިފައިވާތީ 200 އަށްވުރެ އެމްބިއުލާންސް ބޭނުންކޮށްގެން ވަނީ އެ ހޮސްޕިޓަލުން މީހުން ހުސްކުރުމުގެ މަސައްކަތް ކޮށްފަ އެވެ.
އެކަން މި ސަރަހައްދުގައި ތިބި ބޭރުގެ ބައެއް ނޫސްތަކުގައިވެސް ފާހަގަކޮށްފައިވެ އެވެ. އަދި އީރާނުގެ އަސްކަރިއްޔާއާއި ހަވާލާދީ، އީރާނުގެ މީޑިއާތަކުން ވެސް ބުނެފައިވަނީ އެހެންނެވެ. ނަމަވެސް ހުޅަނގުގެ މީޑިއާތަކުން ދަނީ އީރާނުން އެ ހޮސްޕިޓަލަށް ސީދާ ހަމަލާ ދިން ކަމަށް ބުނެ ދޮގު ފަތުރަމުންނެވެ. މީގެ އިތުރުން އީރާނުން މިއަދު ދިން ހަމަލާތަކުގެ އަަސަރު ކުރުމުގެ ސަބަބުން އިޒްރޭލުގެ ހިއްސާގެ ބާޒާރުގެ އިމާރާތްވެސް ވަނީ ހަލާކުވެފަ އެވެ.