ކޯޕަރޭޓް މޯލްޑިވްސް ސީއީއޯ ސަމިޓު ބާއްވައިފި

ހޮޓެލް ޖެންގައި މިއަދު އޮތް ކޯޕަރޭޓް މޯލްޑިވްސްގެ "ސީއީއޯ ސަމިޓް" ގައި ރާއްޖޭގެ ކުންފުނިތަކުން އެންމެ އިސްވެރިން ބައިވެރިވެފައިވެ އެވެ

ކޯޕަރޭޓް މޯލްޑިވްސްގެ "ސީއީއޯ ސަމިޓް" ގައި ކުންފުނތަކުގެ ބައެއް ސީއީއޯއިން -- ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ ކުންފުނިތަކުގެ އިސްވެރިން އެއް ތަނަކުން ފެނިގެންދާ އެންމެ ބޮޑު އިވެންޓް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސްގެ "ސީއީއޯ ސަމިޓް" ބާއްވައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު އޮތް ކޯޕަރޭޓް މޯލްޑިވްސްގެ "ސީއީއޯ ސަމިޓް" ގައި ރާއްޖޭގެ ކުންފުނިތަކުން އެންމެ އިސްވެރިން ބައިވެރިވެފައިވެ އެވެ.ސަމިޓު ކުރިއަށް ގޮސްފައިބަނީ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށެވެ.

މި ސަމިޓުގައި އެންމެ މަތީ ފަންތީގެ ވެރިންނާއި ސަރުކާރުގެ ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާވެ މަޝްވަރާކޮށްފައިވެ އެވެ. މި ސަމިޓުގެ ތީމްއަކީ "ދެމެހެއްޓެނިވި އިޤްތިސާދެއް ބިނާކުރުން" އެވެ. މި ސަމިޓުގައި ގްރޫޕް މަޝްވަރާތަކާއި ހާއްސަކޮށް އިންތިޒާމުކުރެވިފައިވާ ނެޓްވޯކިން ސެޝަންތައް ބޭއްވި އެވެ. މިކަންކަމުގެ މަގުސަދަކީ އަމަލީ ގޮތުން ކުރެވޭނެ ކަންކަން ކަނޑައެޅުމެވެ. އަދި މި ދާއިރާގެ ކަމާ ބެހޭ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކުރެވި އާ ވިސްނުންތަކާއި އާ ހިޔާލުތައް ދެނެގަތުމެވެ. 

މި އިވެންޓުގެ ބައެއްގެ ގޮތުން މާދަމާ އޮންނާނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބީ2ބީ ނެޓްވޯކިންގެ ބޮޑު ބައްދަލުވުމެކެވެ. ކޯޕަރޭޓް މޯލްޑިވްސް ބިޒްވީކްގެ ނަމުގައި އޮންނަ މި ބައްދަލުވުމުގައި އިވެންޓް މާދަމާ ކުރިއަށް ދާނީ ކުރިއާލާ ރެޖިސްޓްރީކޮށް ބައްދަލުވުންތައް ޝެޑިއުލްކުރެވިގެންނެވެ. 

މި އިވެންޓްގައި 5،000 އަށް ވުރެ ގިނަ ޕްރީ ޝެޑިއުލް ބައްދަލުވުންތައް ކުރިއަށް ދާނެ އެވެ. "ބިޒްވީކް 2025" ގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެއީ ބްރޭންޑްތައް ދައްކާލައި ފުޅާކުރުމުގެ މަގްސަދުގައި ހިންގާ ވިޔަފާރިއަކަށް ވިޔަސް ނުވަތަ ދިވެހި ވިޔަފާރީގެ މާހައުލަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތައް ކަމަށް ވިޔަސް އަދި ރާއްޖޭގެ ވިޔަފާރި ދާޢިރާގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ އިވެންޓެކެވެ. އަދި ބައްދަލުވުންތައް ދާނީ މާދަމާ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް މީރުމާ ކޮންފަރެންސް ފެސިލިޓީ ގައެވެ. މިއީ މުޅި ދުވަހަށް ރޭވިފައިވާ ބައްދަލުވުން ތަކެވެ. މިއީ ޕްރޮފެޝަނަލުންނާއި އެކި ދާއިރާތަކުގެ ކަމާ ގުޅުންހުރި ފަރާތްތަކާއި ވިޔަފާރިތައް އެއްތަނަކުން ބައްދަލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މި ބައްދަލުވުމުގައި ކުރިއާލާ ރޭވިފައިވާ ވަން-ޓު-ވަން ބައްދަލުވުންތައް ބޭއްވުމަށާއި، ހުނަރުވެރި މުވައްޒަފުން ހޯދުމާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއި ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ އިވެންޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.