އިޒްރޭލު ދިފާއުގައި ބޭނުންކުރާ މިސައިލް ހުސްވަމުންދާ ކަމަށް ބުނެފި

އިޒްރޭލު ދިފާއު ކުރަން ބޭނުންކުރާ އައްޑަނަތަކުގައި ހަރުކުރާ "އެރޯ 3" ގެ މިސައިލް ހުސްވަމުންދާ ކަމަަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވެެ އެވެ.

އިޒްރޭލު ދިފާއު ކުރަން ބޭނުންކުރާ އައްޑަނަތަކުގައި ހަރުކުރާ "އެރޯ 3" މިސައިލް ފޮނުވާ ސިސްޓަމެއް

އިޒްރޭލު ދިފާއު ކުރަން ބޭނުންކުރާ އައްޑަނަތަކުގައި ހަރުކުރާ "އެރޯ 3" މިސައިލް ހުސްވަމުންދާ ކަމަަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފި އެވެ. 

ޑަބްލިއުއެސްޖޭ އިން އެމެރިކާގެ ސީނިއަ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ އިޒްރޭލު ޑިފެންސިވްގައި ބޭނުންކުރާ އެރޯ 3 އިންޓަސެޕްޓަރުތައް މަދުވެ، އީރާނުން އަންނަ ދުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަން ދަނީ ދަށްވަމުންނެވެ. 

އެ އޮފިޝަލް ބުނެފައިވާ ގޮތުގައި އެރޯ މިސައިލް މަދުވެ ކެޕޭސިޓީގެ މައްސަލަތައް އެނގޭތާ މަސްތަކެއް ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އިރު، ވޮޝިންޓަނުން ގެންދަނީ ބިމާއި ކަނޑުގައި އަދި ވައިގެ ތެރޭގައި ނިޒާމުތަކެއް ގާއިމްކޮށްގެން އިޒްރޭލުގެ ދިފާއީ ނިޒާމު އިތުރު ކުރަމުންނެވެ. 

މި މަހު އިޒްރޭލާއި އީރާނާ ދެމެދު ހަމަނުޖެހުން ބޮޑުވި ފަހުން ޕެންޓަގަން އިން ވަނީ މިސައިލް ޑިފެންސްގެ އިތުރު އެސެޓްތައް މި ސަރަހައްދަށް ފޮނުވާފައި އެވެ. އަދި އެމެރިކާ އަށް ވެސް މި ބާވަތުގެ މިސައިލް ބޭނުންވެފައިވާއިރު، މިހާރު އިންޓަސެޕްޓަރުތައް ދީފިނަމަ އެމެރިކާގެ މަސްލަހަތައް އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ. 

"އެމެރިކާ އަށް ވެސް އަދި އިޒްރޭލަށް ވެސް މުޅި ދުވަހު  މިސައިލްތައް ހުއްޓުވައިގެން ކުރިއަށް ނުދެވޭނެ،" ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ މިސައިލް ޑިފެންސް ޕްރޮޖެކްޓްގެ ޑިރެކްޓަރު ޑރ. ޓޮމްކަރަކޯ ވިދާޅުވެފައިވެ އެވެ. 

އެރޯ 3 ގެ މިސައިލް ނިޒާމަކީ އެމެރިކާ އިން 2088 ވަނަ އަހަރު އިޒްރޭލު ހިމާޔަތް ކުރަން ގާއިމްކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ އިތުރުން ހަތަރު ނިޒާމެއް އެ ގައުމުގައި ގާއިމްކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.