ތެލްއަވީވްގެ ގްލިއޮޓްގައި ހުންނަ މޮސާޑް "ޔުނިޓް 8200" އިންޓެލިޖެންސް ފެސިލިޓީއަށް ހަމަލާ އަރާ މަންޒަރު ދަނީ އިޒްރޭލުގެ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މިއަދު ހެނދުނު އީރާނުން ދިން ވަރުގަދަ ހަމަލާއެއްގައި އިޒްރޭލުގެ ޖާސޫސީ އިދާރާއެއް ކުދިކުދިކޮށްލައިފި އެވެ.
އިޒުރޭލުގެ ވެރިރަށް ތެލްއަވީވްގެ ގްލިއޮޓްގައި ހުންނަ މޮސާޑް "ޔުނިޓް 8200" އިންޓެލިޖެންސް ފެސިލިޓީއަށް ހަމަލާ އަރާ މަންޒަރު ދަނީ އިޒްރޭލުގެ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މި ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ އެރުމުގެ ސަބަބުން އެތަން ވަނީ ގާތްގަނޑަކަށް ކުދިކުދި ވެފަ އެވެ.
މި ތަނަނީ އިޒުރޭލުން ފަލަސްތީނަށް ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި ވެސް ގިނަ ރޭވުންތަކެއް ރާވަން ބޭނުންކުރާ މަރުކަޒެކެވެ. ބައެއް ހަބަރުތައް ބުނާ ގޮތުގައި އީރާނުގެ ހަމަލާގެ ސަބަބުން މި ޔުނިޓުގެ ވެރިޔާ ވަނީ ޒަހަމްވެފަ އެވެ. ނަމަވެސް އިޒްރޭލުން މި ހަމަލާއާ ބެހޭ ގޮތުން އެއްވެސް އެޗެއް ނުބުނެ އެވެ.
އީރާނުގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަވުން ދިއުމާއެކު އެ ގައުމުން ވަނީ ލިބޭ ގެއްލުންތައް ފޮރުވަން ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން އީރާންއިޒްރޭލު ހަނގުރާމަ ކަވަރު ކުރަން އެ ގައުމަށް ގޮސްތިބި ބޭރުގެ ނޫސްވެރިންގެ މަސައްކަތް ހުއްޓުވި އެވެ. އެގޮތުން އިޒްރޭލަށް ދޭ ހަމަލާތައް ލައިވް ކުރަމުން ދިޔަ ނޫސްވެރިންގެ މަސައްކަތް ހުއްޓުވާފައިވެ އެވެ.
އިޒްރޭލަށް އީރާނުން ރޭވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މިސައިލުން ދިން ހަމަލާތަކުގެ އިތުރުން ރޭ އީރާނުންވަނީ އިޒްރޭލުގެ ފޯނުގެ ނިޒާމާއި ކޮމިއުނިކޭޝަން ނިޒާމު އަދި އެހެން ނިޒާމުތަކަށް ސައިބަ ހަމަލާތަކެއްވެސް ދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ގިނަ ނިޒާމުތައް ބުރޫ އަރައި އެ ގައުމު ރޭ އޮތީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.