އީރާނުގެ ހަމަލާތަކުން ހަލާކުވެ އިޒްރޭލުގެ އެންމެ ބޮޑު ތެޔޮ ރިފައިނަރީ ބަންދުކޮށްފި

އީރާނުން ވަނީ ހައިފާގައި ހުންނަ އިޒްރޭލުގެ އެންމެ ބޮޑު ރިފައިނަރީ ރޭ ގޮއްވާލާފަ އެވެ. އަދި އިޒްރޭލުން ވަނީ މި މަންޒަރު ދުނިޔެއަށް ދެއްކި ބޭރުގެ ނޫސްވެރިން ހައްޔަރުކޮށްފަ އެވެ.

އީރާނުގެ ހަމަލާތަކުގައި ގެއްލުންވެފައިވާ ހައިފާގައި ހުންނަ ރިފައިނަރީ -- ރޮއިޓާސް

އީރާނުން ރޭ ހަމަލާ ދިނުމުގެ ސަބަބުން އަލިފާން ރޯވެފައިވާ އިޒްރޭލުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ރިފައިނަރީ ބަންދު ކުރަން މަޖުބޫރުވެއްޖެ އެވެ. 

މެޑިޓެރޭނިއަމް ކަނޑުގެ އައްސޭރީގައި އިޒްރޭލަށް ތެޔޮ ސަޕްލައި ކުރަން އެ ގައުމުން ގާއިމްކޮށްފައިވާ ބޮޑު މި ރިފައިނަރީ ހިންގާ ބާޒާން ގްރޫޕުން ބުނީ އީރާނުން ދިން ރޭ ދިން ހަމަލާއެއްގައި އެ ރިފައިނަރީއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. ރިފައިނަރީގެ ސްޓީމް އާއި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ އިންޖީނުގެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާ އެހެންކަމުން އެތަން ބަންދުކޮށްފައިވާ ކަމަށެވެ

އިޒްރޭލުން ގިނަ އަދަދެއްގެ ވައިގެ ދިފާއީ ނިޒާމު ތަކެއް ގާއިމްކޮށްފައިވާ މި ތެޔޮ ރިފައިނަރީ އަށް އީރާނުން ގެއްލުން ދިނީ އާދައިގެ މިސައިލްތަކަކުން ރޭ ދިން ހަމަލެއްގަ އެވެ. ހަމަލާ ދިނުމުގެ ކުރިން އީރާނުން ވަނީ ރިފައިނަރީ ރައްކާތެރި ކުރަން ވަށައިގެން ބަހައްޓާފައި ހުރި އަޔަންޑޯމް ދިފާއީ ނިޒާމަށް ސައިބަ ހަމަލާތަކެއް ދީ އެ "މޮޔަ" ކޮށްލާފަ އެވެ. 


އިންޑިއާގެ އަންދާނީ ގްރޫޕުން ހިންގާ ހައިފާ ބަންދަރުގައި ހުންނަ ރިފައިނަރީއަށް އީރާނުން ރޭ ހައިފާގެ މި ރިފައިނަރީއަށް ދިން ހަމަލާގައި އެ ތަނުގައި މަސައްކަތް ކުރާ ތިން މުވައްޒަފަކު ވެސް މަރުވެފައިވެ އެވެ. 

އީރާނުގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަވުން ދިއުމާއެކު އެ ގައުމުން ވަނީ ލިބޭ ގެއްލުންތައް ފޮރުވަން ރޭ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން އީރާންއިޒްރޭލު ހަނގުރާމަ ކަވަރު ކުރަން އެ ގައުމަށް ގޮސްތިބި ބޭރުގެ ނޫސްވެރިންގެ މަސައްކަތް ހުއްޓުވި އެވެ. އެގޮތުން އިޒްރޭލަށް ދޭ ހަމަލާތައް ލައިވް ކުރަމުން ދިޔަ ނޫސްވެރިންގެ މަސައްކަތް ހުއްޓުވާފައިވެ އެވެ. 

އިޒްރޭލަށް އީރާނުން ރޭވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މިސައިލުން ދިން ހަމަލާތަކުގެ އިތުރުން ރޭ އީރާނުންވަނީ އިޒްރޭލުގެ ފޯނުގެ ނިޒާމާއި ކޮމިއުނިކޭޝަން ނިޒާމު އަދި އެހެން ނިޒާމުތަކަށް ސައިބަ ހަމަލާތަކެއްވެސް ދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ގިނަ ނިޒާމުތައް ބުރޫ އަރައި އެ ގައުމު ރޭ އޮތީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.