އީރާނުގެ ދަޢުލަތުގެ ޓީވީ ސްޓޭޝަނަށް އިޒްރޭލުން ބޮން އަޅައިފި

އެ ސްޓޭޝަނުން ބުނީ، ގިނަ ވައިގެ ޙަމަލާތަކެއް އެ ސްޓޭޝަން ހިންގާ އިމާރާތަށް އަމާޒުވެފައިވާ ކަމަށެވެ. އަދި މި ވަގުތު އެ އިމާރާތުގައި ރޯވެ، އަނދަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީން އީރާނަށް ދެމުންދާ އުދުވާނުތަކުގެ ތެރެއިން، އީރާނުގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ބޮން އަޅައިފިއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ޓީވީ ސްޓޭޝަނަށް ޔަހޫދީން ބޮން އަޅާފައިވަނީ، ރޭގަނޑުގެ ޕްރޮގްރާމްތަކަށް މުވައްޒަފުން ތައްޔާރުވަމުންދަނިކޮށެވެ.

ބޮން އެޅި ވަގުތު، އެ ސްޓޭޝަންގެ ޕްރޮގްރާމެއް ވަގުތުން ދުރަށް ދައްކަމުންދިޔައެވެ. ބޮން އެޅުމާ އެކު މުޅި އިމާރާތް ގުޑައިގެންގޮސް، އެ ޕްރޮގްރާމް ހުށަހަޅައިދޭން އިން އީރާނުގެ ތަޖުރިބާކާރު ނިއުސްކާސްޓަރ ސަޙަރް އިމާމީ ސަލާމަތް ހޯދަން ދުއްވައިގަންނަ މަންޒަރު ފެނެއެވެ.

އެ ސްޓޭޝަނުން ބުނީ، ގިނަ ވައިގެ ޙަމަލާތަކެއް އެ ސްޓޭޝަން ހިންގާ އިމާރާތަށް އަމާޒުވެފައިވާ ކަމަށެވެ. އަދި މި ވަގުތު އެ އިމާރާތުގައި ރޯވެ، އަނދަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހަތަރު ފަންގިފިލާގައި ހިމެނޭ އެ އިމާރާތުގައި، ޓީވީ ސްޓޭޝަން ހިންގަނީ އެންމެ މަތީ މަންގިފިލާގައެވެ. އަދި ދެން ހުރި ކޮންމެ ފަންގިފިލާއެއްގައި 200 އާއި 300 އާ ދެމެދުގެ މުވައްޒަފުން މަސައްކަތް ކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، އެ ޙަމަލާގައި މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ސާފެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.