އީރާންގެ މިސައިލްތައް އިޒްރޭލާ ހަމައަށް ކުރާ ދަތުރުގައި 10 ފާރެއް ފޫއަޅުވާލާ

މިސައިލް އިޒްރޭލަށް އެރުމުގެ ކުރިން ޔޫއޭއީ އާއި އިރާގު އަދި އެމެރިކާގެ ކަނޑުގެ ސިފައިން އަދި ޖޯޑަންގެ ވައިގެ ސިފައިންގެ ހަމަލާތަކާ ކުރިމަތިވެ އެވެ.

އީރާންގެ މިސައިލްތަކެއް އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަންނަނީ

އީރާނުގެ އިސްފަހާނު ސިޓީން އިސްރާއީލާ ދިމާއަށް އުދުއްސާލާ ބެލިސްޓިކް މިސައިލު އެ އަންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ކުރިއަރާފައިވާ ދިފާއީ ފަށަލަތަކާއި ޓެކްނޮލޮޖީ އަށް ގޮން ޖަހާފަ އެވެ. މި މިސައިލްތަކަކީ މުސްލިމު ސިކުނޑިތަކުން މުސްލިމް ޒުވާނުންގެ އުފެއްދި އުފެއްދުންތަކެވެ. މުސްލިމް ސައިންޓިސްޓުންގެ މަސައްކަތްތަކެވެ.  

އިޒްރޭލާ ދިމާލަށް ދަތުރުފަށާ  މިސައިލްތަކަށް ފުރަތަމަ ހުރަސް އަޅާނީ އިރާގުގައި ތިބި އެމެރިކާ ސިފައިންނާއި ޔޫއޭއީގައި ހަރަކާތްތެރިވާ ފްރާންސްގެ ރަފަލް ފަޔާ ޖެޓްތަކުންނެވެ. އަދި ސައުދީ އަރަބިއްޔާ އިން އެގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީގެންނެވެ. މީގެ އިތުރުން އެމެރިކާގެ ހަނގުރާމަތީ މަނަވަރު ޔޫއެސްއެސް ކާލް ވިންސަން ފަދަ އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޯޓުތަކާއި ގަލްފުގައި ޕެޓްރޯލް ކުރަމުންދާ އެންމެ ޒަމާނީ މިސައިލް ޑިސްޓްރޯޔަރު ތަކުންނެވެ.

މި ހުރިހާ ދިފާއީ ފާރެއް ފޫއަޅުވާލުމަށްފަހު މިސައިލަށް ކާމިޔާބު ވެއްޖެނަމަ، ދެން ކުރިމަތިލާނީ އުރުދުންގެ ވައިގެ ސިފައިންނާއި އުރުދުންގައި ތިބި އެމެރިކާ ސިފައިންނާއި ސައިޕްރަސް އިން އުދުއްސާ އިނގިރޭސި ރޯޔަލް އެއާފޯސް ޓައިފޫން އަދި އެފް-35 ފަޔާ ޖެޓްތަކާ އެވެ.

މި ހުރިހާ ކަމަކަށް ފަހު އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމު އެރޯ-3 އިން މިސައިލް ހުއްޓުވަން މަސައްކަތް ކުރަނީ 2،000 ކިލޯމީޓަރު ދުރުންނެވެ. އެކަން ނާކާމިޔާބުވެއްޖެނަމަ އެރޯ-2 މިސައިލް ސިސްޓަމުން ޖައްވަށް އަލުން ވަންނައިރު އޭގެ އަމާޒުން 1500 އާއި 500 ކިލޯމީޓަރާއި ދެމެދުގެ ދުރުމިނެއްގައި ވައްޓާލަން މަސައްކަތް ކުރެއެވެ. މިކަންކަމުން ވެސް މި މިސައިލް ސަލާމަތްވެއްޖެނަމަ ޑޭވިޑްސް ސްލިންގް ސިސްޓަމް 300 ކިލޯމީޓަރުގެ ދުރުމިނުން ފެށިގެން 40 ކިލޯމީޓަރާއި ހަމައަށް ހަމަލާ ދޭނެ އެވެ. އަދި ވެސް ދެން އެންމެ ފަހުން ކުރިމަތިލާނީ އިސްރާއިލްގެ އަޔަންޑޯމް އާއި 70 އާއި 4 ކިލޯމީޓަރުގެ ރޭންޖުގެ ތެރޭގައި މިސައިލް ކުދިކުދިކޮށްލަން ކުރާ މަސައްކަތްތަކާ އެވެ.

އީރާނުގެ މިސައިލްތައް މިހާރު އަރަމުންދާތަން ތިޔަ ފެންނަނީ މި ހުރިހާ ނިޒާމުތަކެއް ފޫއަޅުވާލުމަށްފަހު އެވެ. އެ މިސައިލްތައް އެ އަންނަނީ ގާތްގަނޑަކަށް ދިފާއީ 10 ދިފާއީ "ފާރެއް" ފުނޑާލުމަށްފަހު އެވެ. މި މިސައިލްތަކުގެ ސަބަބުން މިހާތަނަށް އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.