ފުލުހުން ބުނި ގޮތުގައި، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައ،ި ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފަ އެވެ.
ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމަންޓް ސްކީމަކީ، ޕިރަމިޑް ސްކީމެއްކަން ދެނެގަނެވިފައިވާ ކަމަށް ބުނެ، އެ ސްކީމުގައި އިންވެސްޓު ނުކުރަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން
އިންވެސްޓްކުރެވެ އެވެ. އިންވެސްޓަރުންނަށް ކޮންމެ ދުވަހަކު، އެ ފަރާތެއްގެ އިންވެސްޓްމަންޓް ދަރަޖައަށް
ބިނާކޮށް، ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް
ޓްރޭޑިން ކުރާކަމަށް ދައްކުވައިދެ އެވެ.
މި ސްކީމުގައި އިންވެސްޓްކުރާ އެންމެ ދަށް އިންވެސްޓްމަންޓްގެ 2.5 އިންސައްތައިގެ ފައިދާ (ރިޓާން އޮން އިންވެސްޓްމަންޓް) ލިބޭކަމަށް ދައްކުވައިދެ އެވެ. އަދި އިންވެސްޓަރުގެ ދަރަޖަ (ޓިއަރ) މަތިވުމާއެކު މި ނިސްބަތް އިތުރުވާ ގޮތަށް މި ސްކީމް ފަރުމާކުރެވިފައިވެ އެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖެމްކިއޫގެ ނަމުގައި ހިންގާ ސްކީމަކީ ގާނޫނާ އެއްގޮތަށް ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށެވެ.
"އެހެންކަމުން މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގެ އެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައ،ި ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފަ އެވެ.
"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދެއްކި ނަމަވެސް،
އެއީ އޮޅުވާލުމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.
އެއާ އެކު ފުލުހުން ވަނީ ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް އިލްތިމާސްކޮށްފަ އެވެ.
މިގޮތުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެނަށް ފަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައ،ި ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ މިފަދަ ސްކީމްތަކުގައި އިންވެސްޓްކުރުމުގެ ސަބަބުނ،ް އިއާދަނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކާ އެތައް ބަޔަކަށް ކުރިމަތިލާންޖެހިފައިވާކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ، ސީއެމްޑީއޭ އާ ގުޅިގެން، ބޭރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު މި ސްކީމުގެ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށާއި، މި ސްކީމް ހިންގައ،ި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.