ހޯރަފުށިން ހޯކްސްއަށް ދޫކުރި ބިމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭ އިން އެދިއްޖެ

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ކައުންސިލްގައި މި މަސައްކަތް ހުއްޓުވައިދޭން އެދިފަ އެވެ. ނަމަވެސް އެ މަސައްކަތް ނުހުއްޓަ އެވެ.

ހޯރަފުށި : ކައުންސިލުން ހޯކްސްއަށް ދިން ބިމުގެ މައްސަލަ ވަނީ މަޖިލީހުގައި -- ހޯރަފުށީ ކައުންސިލުން

ތެޔޮ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ހޯކްސް ކުންފުންޏަށް ހޯރަފުށީ ކައުންސިލުން ގަވައިދާ ހިލާފަށް ބިމެއްދޫކޮށް މަސައްކަތް ކުރިއަށް ގެންދާތީ މަސައްކަތް ހުއްޓުވައި ދިނުމަށް އެލްޖީއޭއިން އެދިއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު އޮތް ބައްދަލުވުމަށް ހުށަހެޅި މައްސަލާގައި ވަނީ ހޯރަފުށީ ހޯކްސްއަށް ބިމެއް ދިން މައްސަލާގައި އަމިއްލަ ފަރާތްކުން މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މަޖިލީހުން ވަނީ އެކަންވީ ގޮތް ސާފު ކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އޭސީސީގައި އެދިފަ އެވެ.

އެލްޖީއޭއިން މި މައްސަލާގައި ގަވައިދާ ހިލާފަށް ބިން ދޫކުރި ކަމަށް ބުނެފައިވަނީ ބިން ދޫކުރުމުގައި އެކަމުގެ ތަފުސީލް ނެތި ބިން ދޫކޮށްފައިވުމުންނެވެ. އަދި މި ބިން ދޫކޮށްފަ އެގްރިމެންޓް ހެދުމަށްފަހު ބިން ވަނީ އަލުން ބަދަލުކޮށްފަ އެވެ. ނަމަވެސް އެލްޖީއޭއިން ބުނީ އެގޮތަށް ނުހެދޭނެ ކަމަށާ އެކަން ކުރާނަމަ އަލުން އިއުލާނު ކުރަން ޖެހޭނެ ކަމަށެވެ. 

އަމިއްލަ ފަރާތަޖުން ހުށަހަޅާގައި މައުލޫމާތު ސާފު ކުރުމުން ރައްޔިތުން މަޖިލީހަށް އެލްޖީއޭއިން ދިން ޖަވާބުގައި ބުނެފައިވަނީ ހޯކްސް އިން އެ ބިމުގައި މަސައްކަތް ކުރަނީ ގަވައިދާ ހިލާފަށް ކަމަށާ އެކަން ހުއްޓުވައި ދޭން ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް ކައުންސިލުން އެކަން ހުއްޓުވާފައެއް ނުވެ އެވެ. މި މަސައްކަތް ހުއްޓުވާފައި ނުވާއިރު އެބިން ދޫކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށްވެސް އެލްޖީއޭ އިން ބުނެފައިވެ އެވެ.

ހޯކްސްއަށް ހޯރަފުށިން ދޫކޮށްފައިވަނީ 5،000 އަކަފޫޓުގެ ބޮޑު ބިމެކެވެ. މި ބިމުގައި އެ ކުންފުނިން ދަނީ ތެޔޮ ވަސީލަތްތަކެއް ހަދަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.