އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވެ އެވެ. އޭނާގެ އަތުން ފެނުނު މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލެއް ވަގަށް ނަގައިގެން ހައްޔަރު ކުރި މީހަކު ބަލައިފާސްކުރިއިރު ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނެއްޖެ އެވެ.
ވައްކަމުގެ މި މައްސަލައިގައި މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހައްޔަރު ކޮށްފައި ވަނީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއިލް ސާއިފް (39 އ) އެވެ.
ފުލުހުން ބުނީ އިސްމާއިލް ސައިފް ހައްޔަރުކޮށްފައި ވަނީ މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި، އޭނާ އެވަގުތު އަރައި އިން ސައިކަލުގައި ތަޅުދަނޑި ޖަހާފައިހުރުމުން އިތުރަށް މައުލޫމާތު ސާފުކުރުމުން އެސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުމާ ގުޅިގެން ކަމަށެވެ.
އޭނާ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނިފައިވެ އެވެ. އޭނާގެ އަތުން ފެނުނު މި ފޯނުތަކަކީ ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން ވަގަށް ނަގާފައިވާ ފޯނުތަކެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން، އެނާ އެވަގުތު އަރައި އިން ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާ ގްރިޑަރަކާއި ސޭންޑަރަކާއި އިތުރު އިލްކެޓްރޯނިކް ސާމާނު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.