މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހ. މެޑޯސްވީޓް، މާލެ، އަހުމަދު އަފީފް ކިޔާ މީހެއް ކަމަށެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އޭނާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު 10 ނަންބަރު ފްލެޓު ކައިރިންނެވެ.
ފުލުހުން ބުނީ އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ ހުއްޓުވާފައިވާ ކަމަށެވެ. އެވަގުތު އޭނާގެ އަތުގައި ހުރި ރަބަރު ޕެކެޓުތަކެއް އެއްލާލިތަން ފެނުނު ކަމަށެވެ. އޭނާ އެވަގުތު ހުރިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.