އީރާންއިޒްރޭލް ހަނގުރާމައާއެކު ތެލުގެ އަގު އުފުލެނީ

މިހާރު އޮތް އެންމެ ބޮޑު ބިރަކީ އީރާނުން ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްލުމެވެ. އެކަންކޮށްފިނަމަ މިހާރު 70 ޑޮލަރުގައި ހުރި ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލިގެންދާނެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ އާގު ބޯޓެއް ހޮރުމޫޒް ކަނޑުއޮޅީގައި -- އޭޕީ

އީރާނާއި އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން އުފުލެން ފަށައިފި އެވެ. 

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމު ކަމަށްވާ އީރާނާއި އިޒްރޭލާ ދެމެދު ފެށިފައިވާ ހަނގުރާމައިގެ ސަބަބުން މި ކުރިމަތިލުންތައް ފެށުނުއިރު 60 ޑޮލަރަށްހުރި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 75.15 ޑޮލަރަށް އުފުލިފަ އެވެ. އަދި ކުރިމަގުގައި މި ކޯޅުން ނުހުއްޓި ކުރިއަށް ގޮސްފިނަމަ ތެލުގެ އަގު 13 ޕަސެންޓުގެ އުފުލެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ވަނީ އަންދާޒާކޮށްފަ އެވެ. 

ދުނިޔޭގެ މަޝްރަހުގައި މިހާރު އުފެދިފައިވާ އެންމެ ބޮޑު ނުތަނަސް ކަމަކީ ސްޓްރެއިޓް އޮފް ހޯރްމޫޒް ނުވަތަ ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްލުގެ ފުރުސަތު އޮތުމެވެ. އީރާނުން ވެސް ވަނީ މިކަމަށް ސީރިއަސްކޮށް ވިސްނަމުން ގެންދާ ކަމަށް ބުނެފަ އެވެ. މިގޮތަށް އަމަލުކޮށްފިނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަތް ނުފޯރާ ފަށަން އުފުލިގެންދާނެ އެވެ. މި ސަރަހައްދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެންދާ ތެލުގެ 20 ޕަސެންޓް ދަތުރުކުރާ މައިމަގެވެ. މިތަން ބަންދުކޮށްފިނަމަ ތެލުގެ އަގު ފީފާއެއް 120 ޑޮލަރަށް އުފުލުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.