ސްޓެލްކޯ ބައި މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާސިލްވާން ގަސް އިންދަނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ވިދާޅުވީ ރައީސްގެ މިލިއަން ގަސް އިންދުމަށް ވައުދު ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯ މުވައްޒަފުން މިއަދު ރަށްރަށުގައި ފަސް އިންދުމުގެ މަަސައްކަތް ކުރަނީ -- ސްޓެލްކޯ

ރައީސްގެ ފަސް މިލިއަން ފަސް އިންދުމުގައި ބައިވެރިވެ ސްޓޭޓް އިލެކްޓިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވެފައިވާ ބައި މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލް ކުރަން ގަސް އިންދައިފި އެވެ. 

މި މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ފަސް ސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ޕްލެޖްވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާސަލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

"އެ މަސައްކަތުގެ ދަށުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން. މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވައުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތައް ފަސްލައްކަ ގަސް އިންދިގެންދާނެ،" ފަހުމީ ވިދާޅުވި އެވެ. 

ސްޓެލްކޯ އިން ފަސް އިންދުމުގެ މަސައްކަތް ފަށާފައިވާއިރު އެ ކުންފުނިން ދަނީ ގްރީން އެނާޖީގެ ވިޔަފާރިއަށް ނުކުންނަންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.