މެނިންގޯކޮކަލް ބަލި ޖެހިފައިވާ އިތުރު މީހަކު ނެތް: އެޗްޕީއޭ

އެފަދަ ކޭސްއެއް މިމަހުގެ ކުރީކޮޅު ފެނުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން، މެލޭޝިއާއިން ރާއްޖެ އައި އުމުރުން 24 އަހަރުގެ ޒުވާނަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

ކޮވިޑް-19 ގެ ބަލި ފެތުރުނު ދުވަސްވަރު ސާމްޕަލް ނަގަން ސިއްހީ ދާއިރާގެ މަސައްކަތްތެރިން

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖޭން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ނިންމާފައިވާ ކަމަށާއި، އިތުރު ކޭސްއެއް ފެނިފައިވާ ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އިންވޭސިވް މެނިންގޯކޯކަލް ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމު ގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ.

އެފަދަ ކޭސްއެއް މިމަހުގެ ކުރީކޮޅު ފެނުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން، މެލޭޝިއާއިން ރާއްޖެ އައި އުމުރުން 24 އަހަރުގެ ޒުވާނަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

އެޗްޕީއޭއިން މިއަދު ބުނެފައި ވަނީ ބަލިޖެހިފައިވާ މީހާއާ ކޮންޓެކްޓްވި އެއްވެސް މީހެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.
 
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެ އެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެ އެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގަ އެވެ.

ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.