އެސްޓީއޯ ރޯދަ ސޭލްގެ ނަސީބުވެރިޔާ ހޮވައިފި

ގުރުތުން ނަސީބުވެރި ފަރާތަށް ދީފައިވަނީ 100،000 ރުފިޔާ އެވެ. މި ސޭލްގައި ބައިވެރިވެވެނީ 500ރ. އިން މަތީގެ ވިޔަފާރިއަކަށެވެ.

ނަސީބުވެރިޔާއަށް އެއް ލައްކަ ރުފިޔާ ހަވާލު ކުރަނީ -- އެސްޓީއޯ

އެސްޓީއޯ ޖެނެރަލް ޓްރޭޑިން ރޯދަ މަހު ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ އަށް އިނާމު ހަވާލުކޮށްފި އެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިން މިދިޔަ ރޯދަ މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އިނާމުގެ ގޮތުގައި ދީފައިވަނީ 100،000 ރުފިޔާ އެވެ.

އެސްޓީއޯ އިން މިދިޔަ ވީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަ މާޓުގައި ބޭއްވި ކުޑަ ހަފްލާއެއްގައި ހަވާލުކުރި މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރެއްވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި އަހަރުގެ ޖެނުއަރީން މާރިޗު މަހުގެ ނިޔަލަށް މާލެއާއި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުގއި ކުރިއަށްދިޔަ މި ޕްރޮމޯޝަންގައި މިނޫން ވެސް ތަފާތު ގިނަ އިނާމު ތަކަކާއި ޑިސްކައުންޓްތަކެއްގއި ކަސްޓަމަރުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕަރތައްވެސް އެއް ވަނީ ދެވިފައެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަ ތަކުގައި މި ޕްރޮމޯޝަންއާއި ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.