ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ. ބަލިމީހުން ބަލަމުންދާނީ ކުރީގެ ޖީއޯޕީޑީ ސަރަހައްދުގައި ހުންނަ ކޮޓަރި ނަންބަރު 10 އިންނެވެ.
އައިޖީއެމްއެޗުން ވަނީ ހައްޖުގެ އަޅުކަމުން އެނބުރި ރާއްޖެ އައުމަށްފަހު، ބަލީގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ އެ ކްލިނިކަށް އައުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަ ގޮތެއްގައި ހުން އައުމާއި ރޯގާގެ އެހެނިހެން އަލާމާތްތައް ހުރެއްޖެ ނަމަ ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލޫ ކްލިނިކަށް އަންނަ ހުރިހާ ފަރާތްތަކުން ވެސް ފުރަތަމަ އަންނަން ޖެހޭނީ އެ ހޮސްޕިޓަލުގެ އީ.އާރް ޓްރިއޭޖް ކައުންޓަރަށެވެ.
"ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ،" އައިޖީއެމްއެޗުން ބުންޏެވެ.
ފްލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ. ބަލިމީހުން ބަލަމުންދާނީ ކުރީގެ ޖީއޯޕީޑީ ސަރަހައްދުގައި ހުންނަ ކޮޓަރި ނަންބަރު 10 އިންނެވެ.
މިއަހަރު 1000 އަށްވުރެ ގިނަމީހުން ހައްޖަށް ގޮސްފައިވާއިރު، ހައްޖުވެރިން އިއްޔެ ވަނީ އެނބުރި ރާއްޖެ އަންނަން ފަށައިފަ އެވެ. މިއަދާ މާދަމާ ވެސް ހައްޖުވެރިން ރާއްޖެ އެނބުރި އަންނާނެ އެވެ.