އީރާނުން ހަމަލާތައް ދޭން ފެށުމާއެކު އިޒްރޭލުގެ ގިނަ ބަޔަކު ވަނީ ބިންގަރާސްތަކަށް ވަދެފަ އެވެ. މިވަގުތުވެސް އީރާނުން ހަމަލާތައް ދެމުންދާއިރު ގިނަ އަދަދެއްގެ މިސައިލް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ދަނީ ހަލާކުވެސް ކޮށްލަމުންނެވެ.
އިޒްރޭލުން މިއަދު އީރާނުގެ ގިނަ ތަންތަނަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ހަމަލާ ދޭން ފަށައިފި އެވެ.
އީރާނުން ހަމަލާތައް ދޭން ފެށުމާއެކު އިޒްރޭލުގެ ގިނަ ބަޔަކު ވަނީ ބިންގަރާސް ތަކަށް ވަދެފަ އެވެ. މިވަގުތު ވެސް އީރާނުން ހަމަލާތައް ދެމުންދާއިރު ގިނަ އަދަދެއްގެ މިސައިލް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ދަނީ ހަލާކު ވެސް ކޮށްލަމުންނެވެ. އަދި ގިނަ އަދަދެއްގެ ހަމަލާ އިޒްރޭލަށް އަރާފައިވާކަމުގެ ރިޕޯޓްތައް ވެސް ލިބެ އެވެ.
އީރާނުން އިޒްރޭލުގެ އެކި ސިޓީތަކަށް އަމާޒުކޮށް ހަމަލާ ދެމުން ދަނީ ބެލެސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ. މިހާތަނަށް އީރާނުން 100 އަށްވުރެ ގިނަ ބެލެސްޓިކް މިސައިލް ފޮނުވާލާފައިވެ އެވެ. މީގެ ތެރޭން ބައެއް މިސައިލްތައް އިޒްރޭލުގެ ޖާސޫސީ އިދާރާގެ އިމާރާތާއި ބައެއް އަސްކަރީ ތަންތަނަށް ވެސް އަމާޒުވެފައިވެ އެވެ.