އެނގިފައިވާ ގޮތުގައި، އޭނާ ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ކ. މާފުށި ކައިރީގައި އޮންނަ ތިލައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ، ޖަޕާނުގެ ޓޫރިސްޓު މިހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެ މީހާ ގެއްލުނީ، މާފުށި ގެސްޓުހައުސްއަކުން ޓޫރިސްޓުންތަކެއް ގޮވައިގެން އެ ތިލައަށް ދަތުރުކުރި ދޯންޏަޔކުން ޑައިވިނަށް ފޭބި ފަހުންނެވެ.
އޭނާ ހޯދުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ކުރަމުން އައިސްފާއިރު، މާލޭ އޭރިއާގެ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 5:17 ހާއިރު އެ ޓޫރިސްޓު މީހާ މޫދުން ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
މި ހާދިސާގައި މަރުވެފައި ވަނީ ޖަޕާނުގެ 26 އަހަރުގެ ފިރިހެނެކެވެ.