އީރާނުގެ ބަދަލު ހިފުން ފެށިއްޖެ، ގިނަ އަދަދެއްގެ ޑްރޯން އިސްރާއިލާ ދިމާލަށް

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ޚަމަނާއީ ވަނީ މި ހަމަލާތަކަށް ބަދަލު ހިފާނެ ކަމަށް ވައުދުވެފަ އެވެ.

އީރާނުން މިދިޔަ އަހަރު ދިން ހަމަލާތަކުގައި އިސްރާއިލަށް ފޮނުވާލި ހަމަލާތަކެއް -- އޭއެފްޕީ

އިސްރާއިލުން ފަތިހު އީރާނަށް ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ބަދަލު ހިފުމުގެ ހަމަލާތައް ފަށައިފި އެވެ. 

އީރާނުގެ ނޫސްތައް ބުނެފައިވާ ގޮތުގައި ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ 100 އަށްވުރެ ގިނަ ޑްރޯން އިސްރާއިލާ ދިމާލަށް އުދުއްސާލާފަ އެވެ. މި ޑްރޯންތައް އިސްރާއިލަށް ފޯރާނެ ކަމަށް އަންދާޒާ ކުރެވެނީ ރާއްޖެ ގަޑިން 10.45 އެހާއިރު އެވެ. 

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ޚަމަނާއީ ދާދި ދެންމެއަކު އެ ގައުމުގެ ގައުމީ ޓީވީން ފޮނުވި މެސެޖުގައި ވިދާޅުވީ އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކުން އެމީހުންގެ ނުބައި ނުލަފާ، ލެއިން ތަަތްތެޅިފައިވާ އަތް ދައްކަމުންދާ ކަމަށެވެ. އެ މީހުންގެ ނުބައި ޢަމަލުގެ ސަބަބުން ވަަރުގަދަ އަދަބެއް ދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފަ އެވެ

އިސްރާއިލް ހަމަލާގެ ބަދަލު ހިފުން އީރާނުން ފެށިއިރު، 2024 ވަނަ އަހަރުވެސް ވަނީ އީރާނާއި އިސްރާއިލުން ހަމަލާ ބަދަލުކޮށްފަ އެވެ. އެފަހަރު އީރާނުން އިސްރާއިލަށް ބެލެސްޓިކް މިސައިލް ބޭނުންކޮށްގެން ހަމަލާ ދީފައިވެ އެވެ. 

އީރާނުގެ ނިއުކްލިއަ މަރުކަޒުތަކާއި އެހެން ބައެއް ތަންތަނަށް އިސްރާއިލުން ފަތިހު ދިން ހަމަލާތަކުގައި އީރާން އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާ މުހައްމަދު ބަގޭރީ އާއި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ނުވަތަ އިންގިލާބީ ލަޝްކަރުގެ ވެރިޔާ ހުސައިން ސަލާމީވެސް ވަނީ ޝަހީދުކޮށްލާފަ އެވެ. 

އީރާނު ގަޑިން ފަތިން ވުމާ ގާތްވެފައިވަނިކޮށް އިސްރާއިލުން ދިން މި ހަމަލާގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޚާމަނާއީ ހުންނެވި ތަނަށްވެސް ހަމަލާ އަމާޒު ކުރިކަމަށް ފުރަތަމަ ހަބަރުތައް ފެތުރުނެވެ. ނަމަވެސް އެ މަނިކުފާނަށް އެއްވެސް ގެއްލުމެއް ނުވާކަން ވަނީ އީރާނުގެ ގައުމީ ޓީވީން ޔަގީންކޮށް ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.