އިސްރާއިލުން ވަނީ އީރާނުގެ ނިކްލިއަ މަރުކަޒުތައް ހިމެނޭހެން ގިނަ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
އީރާންގެ ވެރިރަށް ތެހެރާންގެ އެތައް މިތަނުން އަދިވެސް ގޮވުމުގެ އަޑު ނުކެނޑެވެ. މިއީ އިސްރާއިލުން އީރާނުގެ ނިއުކްލިއަ މަރުކަޒުތައް ހިމެނޭހެން ގިނަ އަަމާޒުތަކަށް ދިން ވަރުގަދަ ހަމަލާއާއެކު ގޮވަމުންދާ ގޮތުންތަކުގެ އަޑެވެ. މި ވަރުގަދަ ހަމަލާތަކާއެކު ދުނިޔެއަށް ނުތަނަވަސްކަން ވެރިވެފައިވާއިރު މެދުއިރުމަތި މިވަނީ ނުރައްކަލުގެ ތެރޭގަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިސައިލްއާއި ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ބޭނުންކޮށްގެން އިސްރާއިލުން އީރާނަށް ދިން މި ހަމަލާތައް ރައްދުވި ތަންތަނުގެ ތެރޭގައި އެ ގައުމުގެ މިސައިލް ކޮށާރުތަކާއި ނިއުކްލިއަ ހަތިޔާރު އުފެއްދިދާނެ ކަމަށް ބެލެވޭ މަރުކަޒުތައް ވެސް ހިމެނެ އެވެ. މި ތަންތަނުގެ ތެރޭގައި އެ ގައުމެ ޔޫރޭނިއަމް ފައްކާ ކުރާ ވަސީލަތްތައްވެސް ހިމެނެ އެވެ.
އިޒްރޭލުން ވަނީ އީރާނެ ހަ ތަނަކަށް ވައިގެ ހަމަލާތައް ދީފަ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފާއިތުވި ގަޑިތަކެއްގެ ތެރޭގައި މިހާތަނަށް މަދުވެގެން ދެ ހަމަލާއެއް ހަމަލާދީފަ އެވެ. ތިންވަނަ އަދި ތިންވަނަ ބުރަށް ހަމަލާ ދެމުންދާއިރު މި ތަންނުގެ ތެރޭގައިއީރާނުގެ ޔޫރޭނިއަމް މުއްސަނދިކުރުމުގެ މައި މަރުކަޒު ގާއިމްކޮށްފައިވާ ތެހެރާނުގެ ދެކުނުން އޮންނަ ނަތަންޒް ސިޓީ އެވެ. މި ތަންތަނުގެ ތެރޭގައި ތެހެރާނުގެ ދެކުނުން އޮންނަ އިސްފަހާން ސިޓީ އާއި ހުޅަނގު ދެކުނުގައި އޮންނަ އަރަކް ސިޓީ އަދި ތެހެރާނުގެ ހުޅަނގުން އޮންނަ ކަރމަންޝާ ސިޓީވެސް ހިމެނެ އެވެ.
މި ހަމަލާ ތަކަށްފަހު އިސްރާއީލުގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމީރު ވިދާޅުވި ގޮތުގައި މި ހަމަލާ ދިނީ އިތުރު ގޮތެއް ނެތިގެން ކަމަށާ މީގެ ބަދަލުގައި އީރާނުން ހަމަލާ ދީފިނަމަ އެ ގައުމުން ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ބުނެ އޭނާ ވަނީ އީރާނަށް އިންޒާރު ދީފަ އެވެ.
އީރާނަށް ދިން މިވަރުގަދަ ހަމަލާތަކާއެކު އިސްރާއިލްގައި ތިބި ޗައިނާގެ ރައްޔިތުންނަށް އެ ގައުމުންވަނީ އީރާނުން ރައްދުގައި ހަމަލާދޭނެތީ ރައްކާތެރިވުމަށް އަންގާފަ އެވެ. އަދި މި ހަމަލާތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ހަތް ޕަސެންޓު އުފުލިފަ އެވެ.