ވެއްޓުނު އެއާ އިންޑިއާ ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ސަލާމަތްވި!

ބޯޓު ވެއްޓުނު ފަހުން ދާދި ދެންމެއާ ހަމައަށް، އެ ބޯޓުގައި ތިބި އެންމެން މަރުވިކަމަށް ގަބޫލުކުރެވިފައިވަނިކޮށް، އެ 242 މީހުންގެ ތެރެއިން އެކަކު ސަލާމަތްވި ކަން އެ ސްޓޭޓުގެ ހެލްތު އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ.

އެއާ އިންޑިއާ ބޯޓު ވެއްޓުނު ސަރަހައްދުން މަރުވި މީހެއްގެ ހަށިގަނޑު ނެރެގެން ގެންދަނީ. --ފޮޓޯ: އޭއެފްޕީ

އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަހުމަދްއާބާދު ކައިރިއަށް ވެއްޓުނު އެއާ އިންޑިއާ މަތިންދާބޯޓުގައި ތިބި މީހުންގެ ތެރެއިން އެކަކު ސަލާމަތްވެފައިވާ ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ޔަގީންކޮށްދީފި އެވެ. 

މިއަދު މެންދުރުގެ ވަގުތެއްގައި، ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. އެ ބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިންގެ އިތުރުން އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިސްބަތްވާ މީހެއް ހިމެނޭ ކަމަށް އެއާ އިންޑިއާއިން ބުނެފައިވެ އެވެ.

ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ ބައެއް އިމާރާތެއްގެ ތެރެއަށް ވަދެފައި. --ފޮޓޯ: އޭއެފްޕީ

ބޯޓު ވެއްޓުނު ފަހުން ދާދި ދެންމެއާ ހަމައަށް، އެ ބޯޓުގައި ތިބި އެންމެން މަރުވިކަމަށް ގަބޫލުކުރެވިފައިވަނިކޮށް، އެ 242 މީހުންގެ ތެރެއިން އެކަކު ސަލާމަތްވި ކަން އެ ސްޓޭޓުގެ ހެލްތު އޮފިޝަލަކު ވަނީ ޔަގީންކޮށްދީފަ އެވެ.

ނަމަވެސް، ސަލާމަތްވި މީހާގެ ތަފްސީލެއް އަދި ހާލެއް ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ ބައެއް އަނދައި ހުލިވެފައި. --ފޮޓޯ: އޭއެފްޕީ

އެ ބޯޓު ވެއްޓުނީ، އާންމުން ދިރިއުޅޭ ސަރަހައްދަކަށެވެ. މިގޮތުން، އެ ސަރަހައްދުގައި ހުންނަ މެޑިކަލް ކޮލެޖުގެ ކެންޓީނަށް އެ ބޯޓުގެ ބައެއް އަމާޒުވި ކަމަށް ރިޕޯޓުތައް ބުންޏެވެ. އެއާ އެކު އެ ވަގުތު މެންދުރު ކާންތިބި ގިނަ އަދަދެއްގެ ދަރިވަރުން ވެސް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. 

މި ހާދިސާގައި ވެއްޓުނު އިމާރާތްތަކުގެ ބައިތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދެއް އަދި ސާފެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.