މި ޔުނިޓުތައް ކުއްޔަށް ދޫކުރާ ފްލެޓުތަކުގައި އެންމެ މަދުވެގެން 8،000 އަށްވުރެ ގިނަ އާބާދީއެއް ދިރިއުޅޭނެ އެވެ. މި ޔުނިޓުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ހުޅުމާލޭގައި އެންމެ ގިނަ ބަޔަކު ދިރިއުޅޭ ވިނަރެސް ފްލެޓުން ވިޔަފާރި ބޭނުމަށް ބޮޑު ހަތަރު ޔުނިޓު ކުއްޔަށް ދޫކުރަން އެޗްޑީސީ އިން ހުޅުވާލައިފި އެވެ.
އެޗްޑީސީ އިން ބުނީ ވިނަރެސް ފްލެޓުތަކުގެ ޕްރައިމް ލޮކޭޝަންތަކުން މުހިންމު ހަތަރު ފްލޯއެއް ކޮމާޝަލް ބޭނުމަށް ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާ ކަމަށެވެ. ވިޔަފާރީ ބޭނުމަށް ދޫކުރާ މި ޖާގައިގެ ބޮޑު މިނުގައި 600 އަކަފޫޓާއި 2400 އަކަފޫޓު ހުރެ އެވެ.
މި ފްލޯތައް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަށެވެ.
މި ޔުނިޓުތައް ކުއްޔަށް ދޫކުރާ ފްލެޓުތަކުގައި އެންމެ މަދުވެގެން 8،000 އަށްވުރެ ގިނަ އާބާދީއެއް ދިރިއުޅޭނެ އެވެ. މި ޔުނިޓުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.