ފޭކް ސްލިޕް ފޮނުވި މީހަކު ފުލުހުން ހޯދަނީ

އުޅޭ ވަކިތަނެއް ނޭންގޭތީ ފުލުހުން ހޯދަން އާންމުކޮށް އިއުލާނު ކޮށްފައި ވަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، އާއިޝަތު މަލީހާ (22އ) އެވެ.

ފޭކް ސްލިޕް ފޮނުވި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނު ކުރި އަންހެން މީހާގެ ވަނަވަރު --

ފޭކް ސްލިޕެއް ފޮނުވި މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

އުޅޭ ވަކިތަނެއް ނޭންގޭތީ ފުލުހުން ހޯދަން އާންމުކޮށް އިއުލާނު ކޮށްފައި ވަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، އާއިޝަތު މަލީހާ (22އ) އެވެ. 

ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އޭނާ ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 10:00 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ.

އޭގެ އިތުރުން ވެސް މަކަރާ ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިތުރު އިއުލާނެއް ކޮށްފައިވެ އެވެ.

މަކަރާ ހީލަތުގެ މައްސަލައެއްގައި ހޯދާ މީހާގެ ވަނަވަރު

ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ވުމަށް ފުލުހުން އިއުލާނުކޮށްފައި ވަނީ ޏ. ފުވައްމުލައް، ދިގުވާޑް. ވެލިގާ، ހަސަން ސައީދު (34އ) އެވެ.

އޭނާ ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.