މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު މައްޗަންގޮޅި ގެއަކުން ފަރުވާ ދިނުމަށް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.