ޕަބްލިކް ޓްރާންޕޯޓުގައި ސީޓު ނުލިބުމުގެ މައްސަލަ ހައްލު ކުރަން ފިޔަވަޅުތަކެއް

އެމްޓީސީސީގެ ސީއީއޯ ސައުދީ ވިދާޅުވި ގޮތުގައި މި މައްސަލަ ކުޑަ ކުރަން ބަހުގެ ހިދުމަތް ތަރައްގީ ކުރުމާއެކު ޓެކްސީ ލައިންގެ ސަބަބުން އިތުރު ކުރިއެރުންތަކެއްވެސް ލިބޭނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސައުދީ އެ ކުންފުނީގެ މަޝްރޫއެއް ކުރިއަށްދާ ގޮތް ބައްލަވައި ލައްވަނީ -- އެމްޓިސީސީ

މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންޕޯޓުގައި ދަތުރު ކުރަން ބޭނުންވާ ރައްޔިތުންނަށް ސީޓް ނުލިބުމުގެ މައްސަލަ ބޮޑު ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ. 

މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދެމުން ގެންދާ ސަރުކާރު ކުންފުނި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު / ސީއީއޯ އަޙްމަދު ސައުދީ ޕީއެސްއެމްގައި ވިދާޅުވީ ބޭނުންވާ ވަރަށް ޝީޓް ނުލިބުމުގެ މައްސަލަ ބޮޑު ކަމަށާ، އެހެންކަމުން މި ހިދުމަތް ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ބޭރުން ބޮޑެތި އަތޮޅުތަކުގެ ރަށްރަށުގައިވެސް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ތަރައްގީ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ސައުދީ ވިދާޅުވި އެވެ. 

"މާލެ ސަރަހައްދު މި ދަނީ ފުޅާވުމުން. އެހެންވެ ބަސް ކަމަށް ބެލިޔަސް އެއަށް ޑިވްލޮޕްމަންޓެއް ގެންނަން ޖެހޭ. މިހާރު ޝީޓެއް ނުލިބޭ. އެހެންވެ ބަހުގަ ދަތުރު ކުރަން ބޭނުންވެފަ ޓެކްސީއެއް އެވޭލަބަލް ވީމަ އޭގައި ދަތުރު ކުރަން ފުރުސަތު ލިބޭނެ ޓެކްސީ ލައިންގެ ސަބަބުން،" ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ސައުދީ ވިދާޅުވި އެވެ. 

ސަރުކާރުން ދަނީ ޕަބްލިކް ޓްރާންސްޕޯޓުގައި ހުރި މި މައްސަލަ ހައްލު ކުރަން އެމްޓީސީސީއިން ޓެކްސީ ލައިނެއް ނެރެން ތައްޔާރު ވަމުންނެވެ. މާލޭގެ މާހައުލަށް އެކަށީގެންވާ މި ޓެކްސީތައް ގެނައުމުގެ ގޮތުން އެތަކެތި އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.