ބަޖެޓު އަރަނިކޮށް، ލޯނު ދެއްކި މިންވަރު ތިން ބިލިއަނާ ގާތަށް

ރިކަރަންޓް ހަރަދަށް މި އަހަރުގެ މިހާތަނަށް 15,5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ރިކަރަންޓް ހަރަދު ހުރީ 19 ބިލިއަން ރުފިޔާގަ އެވެ.

މި އަހަރުގެ ބަޖެޓު ފޮތް : ބަޖެޓުން ހަރަދު ކުޑަ ކުރުން ފެނޭ

މި އަހަރުގެ ޖުމްލަ ބަޖެޓުން ބަޖެޓު ބޮޑުތަނުން އަރަނިކޮށް ލޯނު ދެއްކި އަދަދު ރެކޯޑް އިތުރުވުމަކާއެކު ތިން ބިލިއަން ރުފިޔާއާ ގާތަށް ޖެހިލައިފި އެވެ. 

ފިނޭންސް މިނިސްޓްރީން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ނެރުނު ވީސްލީ ފިސްކަލް ރިޕޯޓް (ޑަބްލިއުފްބީ) ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ބަޖެޓުގެ އޯވަރޯލް ބެލެންސުން ވަނީ އެއް މިލިއަން ރުފިޔާ ސަލާމަތްކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް 16.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ހަރަދުވެފައިވަނީ 15.5 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ މިހާތަނަށް ޕްރައިމެރީ ބެލެންސުން ވެސް ވަނީ މި ބަދަލު ފެންނަމުންނެވެ. މިހާރު ޕްރައިމެރީ ބެލެންސް ހުރީ 3.1 ބިލިއަން ރުފިޔާގަ އެވެ. 

ބަޖެޓު ބޮޑުތަނުން ހަރަދު ކުޑަވާ ކަމަށް ދެއްކިއިރު ލޯނު ދައްކަން ބަޖެޓުން ކުރާ ހަރަދުވެސް ވަނީ މަތިވެފަ އެވެ. މި އަހަރުގެ މިހާތަނަށް 2,9 ބިލިއަން ރުފިޔާ ވަނީ ލޯނު ދައްކަން ހަރަދުކޮށްފަ އެވެ. މިގޮތުން މިފަހުން ސަރުކާރަށް ވާރުތަވީ ގިނަ ލޯނުތަކެއް ދައްކާފައިވެ އެވެ. މިގޮތުން ލޯނު ދެއްކި މިންވަރު 125 މިލިއަން ޑޮލަރަށްވުރެ މައްޗެވެ. 

ބަޖެޓުން ކުރާ އެހެން ހަރަދުތައް

  • ލޯނު ދައްކަން - 2,9 ބިލިއަން
  • އިންވެސްަޓްމަންޓަށް - 1,5 ބިލިއަން
  • ފަހަށް ރައްކާކުރާ ސޮވްރިން ފަންޑް - 903.8 މިލިއަން
  • ޕީއެސްއައިޕީ 1.4 ބިލިއަން
  • ކައުންސިލް ބްލޮކް ގްރާންޓް - 897.1 މިލިއަން
  • ލެންޑިން - 348.0 މިލިއަން
  • ސްޓޫޑަންޓް ލޯނު - 193.8

ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބުނީ 16,6 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 15.7 ބިލިއަން ރުފިޔާގަ އެވެ. 

އާމްދަނީ ލިބުނު މިންވަރު

  • ޓެކުހުގެ ގޮތުގައި 13 ބިލިއަން
  • ޓެކްސް ނޫން ގޮތްގޮތުން 3,5 ބިލިއަން
  • ހިލޭ އެހީ 100 މިލިއަން

މިދިޔަ އަހަރު ބަޖެޓުގެ ޖުމްލަ ހަރަދު މިދިޔަ އަހަރުގެ ޖޫން ފަސް ވަނަ ދުވަހުގެ ނިޔަލަށް 22 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މި އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 20 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި ރިކަރަންޓް ހަރަދަށް މި އަހަރުގެ މިހާތަނަށް 15,5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ރިކަރަންޓް ހަރަދު ހުރީ 19 ބިލިއަން ރުފިޔާގަ އެވެ. 

މި އަހަރުގެ ބަޖެޓް

މި އަހަރަށް ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އާމްދަނީީއާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާއިރު ދައުލަތުގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއިން 35.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެއިން 12.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިނގާނެކަމަށް ބެލެވޭ ހަރަދެވެ. މި ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.