ހައްޖާޖީން ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށަނީ

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓެއްގަ އެވެ. އަންނަން ފަށަނީ 13 އިން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހި ހައްޖާޖީން މައްކާގައި : ހުކުރު ދުވަހުން ފެށިގެން މާލެ އަންނަން ފަށާނެ -- ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާ އަށް ދަތުރުކުރި ހައްޖުވެރިން ހުކުރު ދުވަހުން ފެށިގެން އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓެއްގަ އެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވާ ހުކުރު ދުވަހު އެވެ. އަދި ދެ ވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފްލައިޓުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރު ރާއްޖޭން 1000 މީހުން ހައްޖަށް ގޮސްދައިވެ އެވެ. ދިވެހި ހައްޖާޖީން މި ފަހަރު މައްކާ ރޫޓުން ހައްޖަށް ގޮސްފައިވާއިރު މިއީ ސައޫދީ އަރަބިއްޔާ އިން ހާއްސަ އިންތިޒާމުތަކަކާއެކު ހައްޖުގެ އަޅުކަން އަދާކުވޭ ގޮތަށް ހަމަޖައްސާފައިވާ ރޫޓެކެވެ. މިގޮތުން މި އިންތިޒާމުގެ ދަށުން ހައްޖާޖީންގެ އިމިގްރޭޝަން ކަންކަން ފުރިހަމަ ކުރާނީ އެބައެއްގެ ގައުމުގެ އެއާޕޯޓުގަ އެވެ. އަދި ހައްޖާޖީން ސައޫދީއަށް އެތެރެވުމަށްފަހު އިތުރު ޗެއިންއާއި އިމިގްރޭޝަން ޕްރޮސެސްއެއް ނެތި ސީދާ ދާނީ ހޮޓަލަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.