ހައްޖުވެރިން ބަލައި ގިނަ މީހުން ނުދާން އެޗްޕީއޭއިން އެދިއްޖެ

ގައުމީ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ ހައްޖު މީހުން އަންނައިރު ތޮއްޖެހުން ކުޑަކޮށް ރޯގާތައް ފެތުރުން ކުޑަކުރުމަށް މަދުން މީހުން ދިއުމަށް އެދިވަަޑައިގަންވަ އެވެ.

ދިވެހި ހައްޖުވެރިން މައްކާގައި : ހައްޖުވެރިން ރާއްޖެ އަންނަ ދަނީ ތައްޔާރު ވަމުން -- ހައްޖު ކޯޕަރޭޝަން

ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާ ވެސް މަދުން އެއާޕޯޓަށް ދާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. 

ގައުމީ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ  ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ ހައްޖު މީހުން އަންނައިރު ތޮއްޖެހުން ކުޑަކޮށް ރޯގާތައް ފެތުރުން ކުޑަކުރުމަށް މަދުން މީހުން ދިއުމަށް އެދިވަަޑައިގަންވަ އެވެ. 

ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު ކޮންސަލްޓެންޓް ފެމިލީ މެޑިސިން ޑރ. އިބްރާހީމް އިޔާޒު ވިދާޅުވީ ހައްޖުވެރިން އަންނައިރު އެއާޕޯޓު ފުރެންދެން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ތިބޭ އެއާޕޯޓުގައި ތިބޭ ކަމަށާ ގިނަ މީހުން ދިނުމަށްވުރެ ރޯގާތައް ފެތުރުން މަދުވާނީ އެއްވެއުޅުން މަދު ކުރެވިގެންނެވެ. 

ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަދު ކުރަން އެޗްޕީއޭ އިން އެދުނުއިރު ރާއްޖޭން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްތަކެއް ވަނީ ފެނިފަ އެވެ. މި ރޯގާއަކީ އާއްމުކޮށް ހައްޖާއި އުމްރާއިން މީހުން އަންނަ ދުވަސްވަރު ފެތުރޭ ރޯގާ އެކެވެ. ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދައި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ )އިން މަސައްކަތް ކުރަމުންދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.